ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމުގެ ޢަޒުމުގަ ރަމަޟާން މަހާ ކުރިމަތިލާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމުގެ ޢަޒުމުގަ ރަމަޟާން މަހާ ކުރިމަތިލާށެވެ!: ޑރ. އިޔާޟް

ފެށިގެން މިދިއައީ ރަޙްމަތުން ފުރިގެންވާ މައްސަރެކެވެ. ބަރަކާތުން ފުރިގެންވާ މައްސަރެވެ. ދަރުމަ އާއި ޘަވާބު އިތުރުވެގެންދާ މައްސަރެވެ. މިއީ ހެޔޮ ކަންތައްތަކާއި ބަރަކާތުގެ މައްސަރެވެ. ހެޔޮކަންތައްތަކަށް އެދޭމީއަށް އެކަމުގެ ދޮރު ހުޅުވިގެންދެއެވެ. 

މާތް ﷲ ވަޙީކުރައްވަވާފައިވެއެވެ. 

"ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި  ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ...." (އަލްބަޤަރާ: 185) 

އެހެންކަމުން މިއީ ފާފަ ފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވެވުމުން ފުރިގެންވާ މައްސަރެވެ. "ފުރަތަމަ ދުވަސްތަކަކީ ރަޙްމަތުގެ ދުވަސްތައް. މެދުތެރޭގެ ދުވަސްތަކަކީ ފާފަ ފުއްސެވުމުގެ ދުވަސްތައް.  އަދި ފަހުކޮޅުގައި ވަނީ ނަރަކައިން މުއްތިކުރެއްވެވުން." 

މިމައްސަރުގެ މާތްކަމާއިބެހޭ ގޮތުން ރަސޫލް (ޞޢވ) ޙަދީޘް ކުރެއްވެވި ބަސްފުޅެއްގެ މާނައިގައި ވަނީ "ރަމަޟާން މަސް އަތުވެއްޖެ ނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވިގެންދެއެވެ. އަދި ޝައިޠޯނުންތައް ކަސްތޮޅު އެޅިގެންދެއެވެ." 

މި މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެނީ މިދުވަސްތަކުގައި މީސްތަކުން ހެޔޮ ޢަމަލުކުރާލެއް ގިނަގަމުންނެވެ. އަދި މީސްތަކުންނަށް ހެޔޮ އަމަލުކުރަން ބާރު އެޅުއްވެވުމުގެ ގޮތުންނެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެނީ އީމާންކަމުގެ އަހުލުވެރިންގެ ކިބައިން ނުރަނގަޅު ޢަމަލުތައް ފެންނަލެއް މަދުވާނެތީވެއެވެ. ޝައިޠޯނުން ކަސްތޮޅު އެހެން މަސްތަކުގައި މީސްތަކުންނާއި ގާތްވެވޭ ގޮތަށް މީސްތަކުންނާއި ގާތްވެ މީސްތަކުންނަށް ވަސްވާސްދީ ނުހެދޭނެތީވެއެވެ. 

އެހެންކަމުން މިބަރަކާތްތެރި މައްސަރުގެ ބަރަކާތް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމަށް ވަޞީއްޔަތް ކުރަމެވެ. 

ޑރ. މުޙައްދު އިޔާޟް ޢަބްދުއްލަޠީފްގެ މިއަދުނޫހަށް ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން