މިދަރިފުޅު ފަދައިން ދަރިން ތަރުބިއްޔަތު ކުރެވިއްޖެ ނަމަ މައިންބަފައިންނަށް ހުރި ދަރުމައިގެ މަތިވެރިކަން ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިދަރިފުޅު ފަދައިން ދަރިން ތަރުބިއްޔަތު ކުރެވިއްޖެ ނަމަ މައިންބަފައިންނަށް ހުރި ދަރުމައިގެ މަތިވެރިކަން ބޮޑުކަމާއެވެ!

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ. އެ ވާޖިބު މާތް ﷲ އަންގަވާފައިވާ ގޮތުގައި އަދާކޮށްފިނަމަ އެމީހަކަށް މާތް ﷲ ދެއްވަވާނެ މަތިވެރި ނިޠްމަތްތަކުގެ ވާހަކަތައް އަބަދުވެސް ދަނީ އަޑުއިވެމުންނެވެ. 

އެފަދަ އަޑުތައް އިވުނު ނަމަވެސް އެކަން ޤަބޫލުކުރެވި ޢަމަލުކުރެވޭ މީހުން އަޅުގަނޑުމެންގެ ތެރެއިން ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ! މާތް ﷲ އަށް ބިރުވެތިވާ، މާތް ﷲ އަށް އަޅުކަން ކުރަން ޝައުޢުޤުވެރިވާ ދަރިއެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރެވޭ ޢަދަދު މިދފަނީ މަދުވަމުންނެވެ. 

ވީމާ މިއަދުނޫހުގައި ބުދަ ދުވަހު ޝާއިޢުކުރި ޔަޙްޔާ މުރާދުގެ ވާހަކަ އަލުން މިހާމަކޮށްލަނީ ހަމަ މައިން ބަފައިންނަށް ޢިބްރަތަކަށެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޔަހްޔާ މުރާދަށް މިސްކިތަށް ނަމާދުކުރަން ނުދެވޭނެ ގޮތް މެދުވެރިވުމުން ގޭގައި އޭނާ ކުޅޭތަން، ނަމާދުކުރާ މިސްކިތަކަށް ބަދަލުކުރުމުގެ ވިސްނުން ލިބުނު ގޮތާއިމެދު ވިސްނވައިލައްވާށެވެ! 

ހަމަ ޔަޤީނުންވެސް ޢުމުރުން އެންމެ 8 އަހަރުގެ ކުއްޖަކަށް އެފަދަ ވިސްނުމެއް އަންނާނީ އޭނާ ވަރަށް ރަނގަޅަށް ތަރުބިއްޔަތުކުރެވިފައި ހުރުމުންނެވެ. އޭނާގެ ހިތުގައި ނަމާދުކުރުމަށް ޝައުޤުވެރިކަން އުފެދިފައިވުމުންނެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ނަމާދުކުރަން ލޯބި ޖެހޭ ގޮތަށް އޭނާ ތަރުބިއްޔަތުކޮށްފައި ހުރުމުންނެވެ. މަންމަ އާއި ބައްޕަގެ މަސްއޫލިއްޔަތު މާތް ﷲ އެންގެވި ގޮތުގައި އަދާކުރެވިފައި އޮތުމުންނެވެ. 

އަދިވެސް އެއްފަހަރު ޔަޙްޔާ މުރާދުގެ ވާހަކަ ވިދާޅުލައްވާށެވެ! ޢިބްރަތް ޙާޞިލުކުރައްވައި ޢަމަލުކުރައްވާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައި ވެސް އިމެއް ނެތި ފެނިގެންދާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން