ރަމަޟާން މަހާއި ކުރިމަތިލާންޖެހޭއިރު އަނހެނުންގެ ތެރެއިން ގިނަބއަކަށް ރޯދަ ނުހިފޭ ޙާލަތު ކުރިމަތިވެފައިވެއެވެ. އެއީ ޙއިޟުވުމުގތެ ސަބަބުންނެވެ. އެކަމާއި ތިއަ ކަނބަލުން އެއްވެސް ވަރަކަށް ދެރަވެ ހިތާމަކުރުމެއް ނެތެވެ.
ރޯދަ ފަރުޟުކުރެއްވެވީ ވެސް ޙައިޟުވުމުގެ ކަންކަން މިންވަރުކުރައްވަވަނީ ވެސް ހަޢިޟުވުމުގެ ކަންކަމާއި ހައިޟު ވާނެ ވަގުތާއި އެކަމުން ސަލާމަތްވެވޭނެ ވަގުތު އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތައާލާއެވެ! ވީމާ އެއީ ތިަ ލޮބުވެތި ކަނބަލުން އެއްވެސް ވަރަކަށް ދެރަވެ ހިތާމަކުރަން ޖެހޭ ސަބަބެއް ނޫނެވެ.
ރޯދަ ނުހިފުނީތީ މާޔޫސްވެފައި ނުހުންނާށެވެ! ނަމާދު ނުކުރެވުނީތީވެސް ހިތާމަނުކުރާށެވެ! ނަމާދުކުރާ ވަގުތުކޮޅު ވެސް ޤުރްއާން ކިޔެވުމަށް ބަދަލުކޮށްލައި ޤްރްއާން ކިޔަވާ ވަގުތު އިތުރުކޮށްލާށެވެ! ޙައިޟުވެރިއެއްގެ ޙާލަތުގައި ހުރެ މުޞްޙަފްގައި ނުބީހޭށެވެ! ނަމަވެސް ފޯނުން ކިޔެވޭނެއެވެ. ޙައިޟުވެރިންނަށް ވެސް ފޯން ފަދަ ވަސީލަތެއް ބޭނުންކޮށްގެން ކިޔެވޭނެއެވެ. ރޯދަ ނުހިފެވުމުންނާއި ނަމާދު ނުކުރެވުމުން ލިބޭ އެކަނިވެރިކަން ފިލުވައިލަދޭ ބައިވެރިއަކަށް ކީރިތި ޤުރްއާން ކިޔެވުން ހަދައިލާށެވެ. ދުޢާކޮށް ޛިކުރްވެސް ކުރެވޭނެއެވެ.
ޑރ. މުޙަމަދު ޝަހީމް ޢަލީ ސަޢީދުގެ މި އޯޑިއޯ އަޑުއައްސަވާލައްވާ!: