ބަންގީގެ މިވީޑިއޯ ޙާލަތާ ގުޅޭ ވަރަށް ގިނަ ޥާހަކަތައް ބުނެދެއެވެ! ބައްލަވާލައްވައި އިޙްޞާޞްކޮށްލައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބަންގީގެ މިވީޑިއޯ ޙާލަތާ ގުޅޭ ވަރަށް ގިނަ ޥާހަކަތައް ބުނެދެއެވެ! ބައްލަވާލައްވައި އިޙްޞާޞްކޮށްލައްވާށެވެ!

މިއީ ހިތާމަތަކުން ފުރިގެންވާ ރަމަޟާން މަހެކެވެ. ހިތާމަ އެހައި ބޮޑުވެފައިމިވަނީ ފާއިތުވި ރަމަމާން މަސްތަކުގައި އަޅުކަންކޮށް އުޅުނު ގޮތަށް އަޅުކަންކުރެވެން ނެތުމުންނެވެ. ރަމަޟާން މަހުގެ އެންމެ ގާތް މިތުރަކަށް ހަދައިގެން މިހައިތަނަށް އުޅެމުން އައި މިސްކިތްތަކާއި މިރަމަޟާން މަހު ދުރުގައި ތިބެން ޖެހުމުންނެވެ. 

ތަފާތު ބަލިތަކާއިއެކުގައިވެސް އަޅުގަނޑުމެން ރަމަޟާން މަސްތައް ހޭދަކޮށްފީމެވެ. ނަމަވެސް މިއަހަރު ނޫނީ މިސްކިތްތަކަށް ވަދެވެން ނެތް، ޖަމާއަތުގައި އަޅުކަން ކުރެވެން ނެތް ރިމްޟާން މަހެއް މިއިން ޒަމާނެއްގައިވެސް ފާއިތުވެގެން ގޮސްފައެއް ނުވެއެވެ. 

ބަންގީގެ އަޑު އިވުމުން ކުޑަދޮރުން ބޭރު ބަލައިލެވެއެވެ. މިސްކިތަށް ދިއުމަށްޓަކައި ހިނގައިގަންނަން ބޭނުންވެއެވެ. ނަމަވެސް ކިރާނީ ކީއްހެއްޔެވެ؟ ލޮލުން ކަރުނަ އަޅާލާފައި އެނބުރި ގެއަށް ވަދެ އެކަނި ހުރެ ނުވަތަ ގޭގައި ތިބި ބައަލާއެކު ނަމާދުކޮށްލުން ނޫން ގޮތެއް ނެތެވެ. މިއީ ވެސް ﷲ ތަޢަލާގެ ރަޙްމަތްފުޅެވެ. ކެތްތެރިވެ ދުޢާކުރުންމަތީގައި ސާބިތުވުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތެވެ. 

ވީޑިއޯގައިވާ ބަންގީގެ ވީޑިއޯ ބައްލަވައިލައްވާށެވެ! ހިތަށް ތަފާތު އިޙްޞާޞްތަކެއް ކުރެއްވޭނެއެވެ. 

ބަންގީގެ ވީޑިއޯ:

 

މިއަދު އޮންލައިން