ވެމްކޯ އިން ޑަސްބިން ކޮތަޅު ވިއްކަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯ އިން ޑަސްބިން ކޮތަޅު ވިއްކަންފެށީ ކޮރޯނާވައިރަސް އާއި ގުޅިގެން ޑަސްބިން ކޮތަޅު ލިބުން ދަތިވެފައިވާތީ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ޑަސްބިން ކޮތަޅު ގަންނަން ބޭނުންނަމަ އެ ކުންފުނީގެ ނަމްބަރު 7621666 އަށް ގުޅައި އޯޑަރު ދިނުމުން ދެ ދުވަސް ތެރޭ މާލެ ސަރަހައްދުގެ ގެތަކަށް ކޮތަޅު ގެންގޮސް ދޭނެއެވެ. އަދި ކޮންމެ ގޭބިސީއަކަށް ގިނަ ވެގެން އެއްފަހަރާ ވިއްކަނީ ތިން ބޮނޑި ކޮތަޅު ކަމަށް ވެސް ވެމްކޯ އިން ވަނީ ބުނެފައެވެ.
