މިވަބާއިން ސަލާމަތްވާ މީހާއަކީ ވައިރަސް ނުޖެހި ސަލާމަތްވާ މީހާއެއް ނޫނެވެ. އަދި ބަލި ޖެހި، ބަލިން ރަނގަޅުވާ މީހާއެއްވެސް ނޫނެވެ. އެކަމަކު މި ވަބާއިން ޙަޤީޤަތުގައި ނަޖާވާ މީހާއަކީ މިވަބާ ދިން މެސެޖު ލިބިގަނެ، ޢިބްރަތް ޙާޞިލްކޮށް، ފާފަތައް ދޫކޮށް، ތައުބާވެ ޠާޙިރު ދިރިއުޅުމަކަށް އެނބުރިދާ މީހާއެވެ.
މިވަބާއިން ނަޖާވާ މީހާއަކީ، އޭނާގެ ވަށައިގެންވާ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، އޭނާ ހޭބޯނާރާ އެއެއްޗެއް ޖަމާކުރުމުގައި އެ އުޅޭ ފައިސާއަކީ އެއްވެސް އެއްޗެއް ނޫންކަން ޤަބޫލުކުރާ މީހާއެވެ. ފައިސާއާއި މުއްސަނދިކަމާއި ތަރައްޤީއާއި ޓެކްނޮލޮޖީއަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެއްވެސް އާރެއް ބާރެއް ނެތް އެއްޗެއް ކަމާއި އިންސާނުން ކިތަންމެ މޮޅުވިޔަސް އިންސާނުންގެ ނިކަމެތިކަމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަން ޤަބޫލުކުރާ މީހާއެވެ.