ދީނީ ބައެއް ސުވާލާއި ޖަވާބު

ކިޔުމަށް ހޭދަވާނީ 1މ 47ސ
ދީނީ ބައެއް ސުވާލާއި ޖަވާބު

މިއީ ދީނީގޮތުން އުފެދިފައިވާ ބައެއް ސުވާލުތަކަށް، ޑރ. މުޙައްމަދު ޢިޔާޛް އަބްދުއްލަތީފް ދެއްވާފައިވާ ޖަވާބެވެ. މިސުވާލުތަކާއި ޖަވާބުތައް ނެގީ "އިސްލާމިކް ނޮލެޖް 34" ވައިބަރ ގްރޫޕުންނެވެ. 

ސ. ބައްޕައަށް ނަމާދުގައި ކިޔާތަކެތި ރަނގަޅަށް ނޭނގޭނަމަ (މިސާލަކަށް އައްތަޙިޔާތު)، މިފަދަ ހާލަތެއްގައި ބައްޕައަށް އަންހެން ދަރިފުޅުގެ ފަހަތުގައި ނަމާދު ކުރެވިދާނެތޯ؟

ޖ. ނޫން. ނޭނގެންޔާ ދަސްވަންދެން ބަލައިގެން ކިޔެވިދާނެ.

ސ. މިހާރު ދިމާވެގެން މިއުޅޭ ނުރައްކާތެރި ބަލިމަޑުކަމުގައި ކަރަންޓީނު ކޮށްފައިވާ މީހުން ބެލެހެއްޓުމަށް އެކިއެކި ރިސޯޓުތަކަށް ގެންގޮސްފައި ތިބި މީހުންނަށް، ނަމާދު އިސްކޮށް ޖަމްޢު ކުރުން ހުއްދަ ވާނެތޯ؟ 

ޖ. ބޮޑަށް ރަނގަޅު ގޮތަކީ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ކުރުން. ކޮންމެހެން ކުރަން ޖެހިއްޖެނަމަ ނޫނީ ޖަމްޢު ނުކުރުން. 

ސ. ނަމުގަ މާނައެއް ނެތިއްޔާ ވަރަށް ގިނަ މީހުން ނަން އެބަ ބަދަލުކުރޭ. މިކަމުގަ އިސްލާމްދީނުގަ އޮންނަ ގޮތަކީ ކޮބާތޯ؟ 

ޖ. ކުއްޖާއަށް ކިޔާނަމުން ދޭހަވާ މާނައިން ކުއްޖާގެ ދިރިއުޅުމަށް އަސަރު ކުރާނެ. 

ސ. އެއްޗިސް ކުރަހާފަ ހުންނަ ޓީޝާޓް ލައިގެން ކުޑަކުދިންނަށް ނަމާދު ކުރެވޭނެތޯ؟ ނަމާދު ދޮޅި އެޅީމަ ކުރެހުންތައް ހުންނަނީ ފޮރުވިފަ

ޖ. ކުރެވޭނެ

ސ. އިސްލާމީ އަޤީދާއަކީ ކޮބައިކަން ބުނެދެއްވަފާނަންތޯ؟

ޖ. މާތް ﷲ އެއްކައުވަންތަ ކުރުނާއި ރަސޫލާ (ޞޢޥ) ގެ ރަސޫލުކަން ޤަބޫލު ކުރުމާއި، މަލާއިކަތް ބޭކަލުންނަށް އީމާންވުމާއި، ބާވާލެއްވި ފޮތްތަކަށް އީމާންވުމާއި، ފޮނުއްވި ރަސޫލުބޭކަލުންނަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުމާއި ޤަޞާ ޤަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.

ސ. ރަމަޟާންމަހު ތަރާވާޙް އަދި ދަމު ނަމާދު ގޭގައިތިބެ ކުރާއިރު، މުސްޙަފް ބަލައިގެން ކިޔެވިދާނެތޯ؟

ޖ. ލައްބަ. މުސްޙަފް ބަލައިގެން ކިޔެވިދާނެ.

ސ. ގޭގަަި ތިބޭއިރު މަންމައާއި ފިރިހެން ދަރިފުޅު ނަމާދުކުރާނެ ގޮތަކީ ކޮބައިތޯ؟ ޖަމާޢަތް ހަދައިގެން ނަމާދު ކުރެވިދާނެތޯ؟ 

ޖ. ފިރިހެން ދަރިފުޅު އިމާމް އަކަށްހުރެ، މަންމަ ފަހަތުގައިހުރެ ނަމާދު ކުރާނީ.

މިއަދު އޮންލައިން