މިޙާލަތުގައިއި ވެސް ގިނަ ގެތަކެއްގަ އަދިވެސް ރޯދަ ހިފަނީ ﷲ ގެ އަމުރުފުޅު ބަދަލުކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
މިޙާލަތުގައިއި ވެސް ގިނަ ގެތަކެއްގަ އަދިވެސް ރޯދަ ހިފަނީ ﷲ ގެ އަމުރުފުޅު ބަދަލުކޮށްގެން!

ރަމަޟާން މަސް ބާވައިލެއްވެވުނީ ނުވަތަ ރަމަޟާން މަހު ރޯ ފަރުޟުކުރެއްވެވި ސަބަބުތައް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވާފައެވެ. އެއިގެ ތެރެއިން އެއް އާޔަތަކީ ބަޤަރާ ސޫރަތުގެ 183 ވަނަ ޢާޔަތެވެ!

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިއަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟް ކުރައްވައިފިއެވެ. (އެއީ) ތިއަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." 

ﷲ ތައާލާ ޤުރްއާން ބާވައިލެއްވެވި ސަބަބު މިހައި ސާފުކޮށް ބަޔާން ކުރައްވަވާފައި އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް ވަނީ ނުއެނގުމުގެ ތެރެއިން ނަމަވެސް މިއާޔަތުގެ ފަހު ބައި ބަދަކުކޮށްލެވިފައެވެ. ޢަމަލުކުރަނީ ބަދަލުކޮށްލައިގެންނެވެ. "(އެއީ) ތިއަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." ﷲ ތައާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅު ބައެއް މުޖުތަމައުތަކުގައި، ގޭގޭގައިވެސް ވަނީ "(އެއީ) ތިއަބައިމީހުން ކުޅިވަރުކުޅެ، އުފާފައުޅުކޮށް، މަޖާކޮށް، ރޯދަކުރުމުގެ ޙަރަކާތްތައް ހިންގުމަށް" ކަމަށް ވަނީ ބަދަލުކޮށްފައެވެ. 

ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ފެށުނު ކެންޕޭނުގެ އަސަރު މުޅި ރާއްޖެއަށް މިހާރު މިވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ރާއްޖޭގެ ރަށްތަކުގައި އަދި މާލެ ސިޓީގައިވެސް މި އަހަރު ރަށުފެންވަރުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވެން ނެތުމުން ނުގެންދިއަ ނަމަވެސް ގެތަކުގައި ތިބެގެން އެންމެ ތަންފުކެއްވެސް ދޫނުދީ ގިނަ ގެތަކެއްގައި މިހާރުވެސް އަމަލުކުރަނީ ﷲ ތަޢާލާގެ ވަހީ ބަސްފުޅަކަށް ނޫނެވެ. އާޔަތުގެ މާނަ އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެންނެވެ. 

އެގޮތަށް ބަދަލުކުރީމާ ކީރިތި ޤުރްއާން ކިޔެވުމާއި އެހެނިހެންވެސް އަޅުކަން ކުރުމުގެ ބަދަލުގައި ކުރެވޭ ކަންކަމުގެ ތެރޭގައި ޓީވީތަކުން ފޮނުވާ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބެލުމާއި އެކަމަށް ކުރަން ޖެހޭ ކަންކަން ކުރުމާއި ގޭމްކުޅުމާއި އެނޫންވެސް އެގެއެއްގައި ތިބެގެން ކުޅެވެންހުރި ހުރިހާ ކަމެއް ހިމެނެއެވެ. 

މިކަން ފާހަގަކުރައްވައި ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ އާޔަތުގައި "ލަޢައްލަކުމް ތައްތަޤޫން" އޮތް ތަން ހީވަނީ "ލަޢައްލަކުމް ތަލްޢަބޫން" އަށް ބަދަލުކޮށްގެން އުޅޭހުން ކަމަށެވެ. 

ޝައިޚް އާދަމް ނިޝާން ވިދާޅުވީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކުޅިވަރެއް ކުޅެލުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަންޖެހޭނީ ރޯދަ ފަރުޟުކުރެއްވެވި ސަބަބު ޙިމާޔަތްކުރުމާއިއެކުގައި ކަމަށެވެ. މާނައަކީ ވީހައި ގިނަ ވަގުތު އަޅުކަންކުރުމަށްފަހުގައި ކަމެވެ. އިސްކަން ދޭންޖެހޭނީ ރަމްޟާން މަހު ރޯފަ ފަރުޟު ކުރެއްވެވި މަޤްޞަދު ކަމުގައިވާ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމަށް ކަމަށެވެ.

މިއަދު އޮންލައިން