މި ޚަބަރުގައިވާ ވީޑިއޯގައި ކޮންމެ މުސްލިމަކު އުފާކޮށް ފަޚުރުވެރިވާނެ 3 ކަމެއް ހިމެނިގެންވެއެވެ. އެއީ:
1. ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަންވީ ސިކުންގެ ގުރުދުވާރާ ތަކުގައި ކީރިތި ޤުރްއާން ކިޔެވެން ފަށައިފި ކަމެވެ. އެމީހުންނަށް އެނގޭ ގޮތަކަށް ނަމަވެސް ކިޔަވަން މަސައްކަތް ފެށުމަކީ ތަޖްވީދުމަގުން ވެސް ކިޔެވިގެންދާނެ ކަމުގެ ހެއްކެކެވެ.
2 ދެވަނަ ކަމަކީ މިދިއަ އަހަރު އިނގިރޭސިވިލާތަށް ކްރިކެޓް ޗެމްޕިއަންކަން ލިބުމުން، ތަށި ލިބުނީ ﷲ ގެ ވާގިފުޅުންކަމަށް ކެޕްޓަން ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި ބުނިބުނުމެވެ.
3 ވަނައަށް މިފާހަގަކުރަނީ ހަމަކޮންމެ މުސްލިމަކުވެސް ވިސްނައި ދަސްކުރަން ޖެހޭ 2 ފިލާވަޅެކެވެ.
އެއް ކަމަކީ އިނގިރޭސިވިލާތަށް ތަށިލިބިގެން އެކަން ފާހަގަކުރަން ބަނގުރަލުގެ ވާރޭ އެއްސުމުގެ ކުރިން މުސްލިމް ކުޅުންތެރިން ދަނޑުން ނުކުމެގެންދިއަކަމެވެ.
ދެވަނަ ކަމަކީ އެމީހުން، ރީތިހެން ހީވާ އަނހެން ކުދިން މުސްލިމް ކުޅުންތެރިން ގާތަށް ފޮނުވައިގެން އިންޓަރވިޔު ކުރުވި އިރު މުސްލިމް ކުޅުންތެރިން އެއިން ކުއްޖަކަށް ބަލައިވެސް ނުލިއެވެ.
މުސްލިމުން ޙިޖާބް އަޅަންޖެހޭ ގޮތަކީ އެއީއެވެ. އިސް ތިރިކޮށް ބަލަން ނުޖެހޭ ތަނަތަނަށް ނުބެލުމެވެ.
ގުޅުންހުރި ވީޑިއޯ: