ރޯދައާއި ޤުރްއާނުގެ ޝަފާޢަތް ލިބި ނަރަކައިން ސަލާމަތްވެވޭ މީހަކަށްވާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ރޯދައާއި ޤުރްއާނުގެ ޝަފާޢަތް ލިބި ނަރަކައިން ސަލާމަތްވެވޭ މީހަކަށްވާށެވެ!: ޑރ. އިޔާޟް

ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅެއްގައިވަނީ ރޯދައަކީ އަޅާ ނަރަކައިން ސަލާމަތްވެގެންދާ އައްޑަނައަކަށް ވެގެންދާ ކަމަށެވެ. އެއީ ޤިޔާމަތް ދުވަހު ރޯދަ އާއި ޤުރްއާން މީހާއަށްޓަކައި ޝަފާއަތްތެރިވާނެތީއެވެ. އެމީހަކަށް ސުވަރުގެ ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތީއެވެ.   

ރޯދައާއި ޤުރްއާނުގެ މަތިވެރިކަން ބަޔާންކުރައްވަވައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ރޯދަ އާއި ޤުރްއާނާއި މި 2 އެއްޗަކީ ވެސް އަޅާއަށް ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާނެ ދެ އެއްޗެވެ.  

ރޯދަ ދަންނަވާނެތެވެ. ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. ދުވާލުގަޑީގައި ޝަހްވަތްތަކާއި ކެއުންބުއިންތަކުން ދުރިހެލިވެގެން ހުރީ ތިމަންނާއަށްޓަކައެވެ. އެހެންވީމާ ތިމަންނާގެ ޝަފާޢަތް އޭނާއަށް ދެއްވަވާށެވެ!  

ﷲ ތައާލާގެ ޙަޟްރަތުގައި ޤުރްއާން ދަންނަވާނެތެވެ. "ރޭގަނޑު އޭނާ ނުނިދައި ހުރީ ޤުރްއާން ކިޔަވަންވެގެންނެވެ. ވީމާ ތިމަންނާގެ ޝަފާޢަތް އޭނާއަށް ދެއްވަވާށެވެ!"  

ވީމާ އަޅުގަނޑުމެންނަކީ ޤުރްއާނާއި ރޯދައިގެ ޝަފާޢަތް ފުރިހަމަގޮތުގައި ލައްވަވާ ބައަކު ކަމުގައި ލައްވަވާށި! އާމީން 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

- ދަރުސްގެ ވީޑިއޯ:

 

 

 

 

 

 

މިއަދު އޮންލައިން