ގޭގަ ނަމަވެސް ޖަމާއަތުގަ ތަރާވީޙް ނަމާދުކޮށްގެން މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބިގަނެވިދާނެ!: އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ގޭގަ ނަމަވެސް ޖަމާއަތުގަ ތަރާވީޙް ނަމާދުކޮށްގެން މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބިގަނެވިދާނެ!: އިޔާޟް

މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭނީ ތަރާވީޙް ނަމާދުގައި އިމާމް ނިމެންދެން އިމާމާއިއެކުގައި ބައިވެރިވެއްޖެނަމަ ކަމަށާއި މިސްކިތުގައި ޖަމާއަތުގައި ތަރާވީޙް ނަމާދު ނުކުރާ ޙާލަތުގައި ގޭގައި ނަމަވެސް ޖަމާއަތުގައި ތަރާވީޙް ނަމާދުކޮށްފި ނަމަ މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބިގެންދާނެއެވެ.

އަދި ޖަމާޢަތުގައި ގޭގައި ނަމާދުކުރެވެން ނެތް ޙާލަތުގައި އެކަނި ހުރެ ނަމާދުކުރިނަމަވެސް ﷲ ތަޢާލާ އެމީހަކަށްވެސް އުނި ނުކުރައްވަވާނެތެވެ! 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ މިދިއަ އަހަރު ޑރ. އިޔާމް ވިދާޅުވެފައިވާ ބަސްފުޅަކާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. 

މިދިއަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ވިދާޅުވެ ޑރ. އިޔާޟް ވިދާޅުވެފައިވާ ބަސްފުޅުވެސް ނަކަލުކޮށްލާނަމެވެ. 

"ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ! މިއީ ހެޔޮކަމުން ފުރިގެންވާ މައްސަރެވެ. އެހެންކަމުން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރެވޭތޯ ބަލަން ވާނެއެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. އުޅުމާއި ގުޅުންތައް އިޞްލާޙްކުރަން ވާނެއެވެ. 

މިއީ އެ މައްސަރެއްގައި ކީރިތި ޤްރުއާން ބާވައިލައްވަން ފެށްޓެވި މައްސަރަށް ވީތީވެ ވީހައި ގިނައިން ޤްރްއާން ކިޔަވަންވާނެއެވެ. ތަރާވީޙް ނަމާދުގައި އިމާމް ނިމެންދެން އިމާމާއިއެކުގައި ބައިވެރިވެ ނަމާދުކޮށްފިނަމަ މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭނެއެވެ. އިން ޝާ ﷲ!

މިރަނުގެ ފުރުޞަތު ނަންގަވައި ނުލައްވަވާށެވެ!"

މިއަދު އޮންލައިން