ޝައްކުގެ މައްޗަށް ނުހިނަވައި ވަޅުލުމެއް ނެތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޝައްކުގެ މައްޗަށް ނުހިނަވައި ވަޅުލުމެއް ނެތް!: ޑރ. އިޔާޟް

މީހަކު މަރުވުމުން އެމީހާ މަރުވީ ކޮވިޑް 19 ގެ ސަބަބުންކަން ޔަޤީން ނުވާ ޙާލު ޝައްކުގެ މައްޗަށް ނުހިނަވައި ވަޅުލުމެއް ނެތް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް ވިދާޅުވީ ކޮރޯނާ ބަލީގައި މަރުވާ މީހުން ހިނެވުމުގައި ޢަމަލުކުރަން ޖެހޭނެ ގޮތް އިސްލާމިކް މިނިސްޓްރީން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް އަންގާފައި ކަމަށެވެ. އަދި ކޮންމެ ފަދަ ޙާލަތެއް މެދުވެރިވި ނަމަވެސް މައްޔިތާ ކަފުންކޮށް ތަޔައްމަމް ކުރަން ޖެހޭނެ ކަމަށެވެ. 

ޑރ. އިޔާޟް ވިދާޅުވީ ޖަމާޢަތްތެރިން ތިބޭނީ އަނގި ލައްވައިގެން ކަމަށާއި ބިންމަތީގައި އަތް ޖައްސާލާފައި ނަގައި މޫނާި ދެއަތްތިލައިގައި އަތް ޖައްސައިލުމުން ތަޔައްމަމް ކުރެވުނީ ކަމަށެވެ. 

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވީ ގދ. ތިނަދޫ ޑރ. ޢަބްދުއްބަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިއަދު ނިޔާވި މީހަކު، ނިޔާވީ ކޮރޯނާ ބަލީގައިކަން ޔަޤީން ނުކުރެވޭ ޙާލުގައި ވެސް އޭނާ މަރުވީ ކޮރޯނާ ބަލީގައި ކަމަށް ވެދާނެ ކަމަށް ބަލައި ނުހިނަވައި ވަޅުލި މައްސަލައެއް ފެންމަތިވުމުންނެވެ. 

މަރުވާފަހުން ސާމްޕަލް ނަގައިގެން ވެސް ކޮރޯނާ ޖެހިފައިވޭތޯ ރާއްޖޭގައި މީގެ ކުރިން ވަނީ ޓެސްޓްކޮށްފައިކަންވެސް ފާހަގަކުރެވެއެވެ. 

މައުލޫމާތު ލިބޭގޮތުން ނިޔާވީ އެ އަތޮޅު މަދަވެލި، އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ނޭވާލާ ނިޒާމުގެ ބައްޔަކަށް ބޭސްކުރަމުން އަންނަތާ ދިގު މުއްދަތެއް ވެފައިވާ މީހެކެވެ. މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. 

މިއަދު އޮންލައިން