ރޯދަ ހިފުމުން ލިބޭ ޞިއްހީ ފައިދާތަކަށް ދަހިވެތިވެ މުސްލިމުން ނޫން މީހުން ރޯދަހިފުން އިތުރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރޯދަ ހިފުމުން ލިބޭ ޞިއްހީ ފައިދާތަކަށް ދަހިވެތިވެ މުސްލިމުން ނޫން މީހުން ރޯދަހިފުން އިތުރުވަނީ!

ރޯދަ ހިފުމަށް ދުނިޔޭގެ ގިނަ އަދަދެއްގެ އެންމެ މަތީފެންވަރުގެ ޑޮކްޓަރުން ދަނީ ބާރުއަޅަމުންނެވެ. ރޮދަ ހިފުމުން ހަށިގަނޑަށް ލިބޭ ފައިދާ ތަކަކީ ޚާއްޞަކޮށް ގޮހޮރަށް ކުރާ ފައިދާތަކުގެ ޙަޤީޤަތް މިއަދު ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މެޑިކަލް ޖަރނަލްތަކުގައި ލިޔެވިފައެވެ. ޝާއިޢުކުރެވިފައެވެ. 

ރޯދަ ހިފުމުގެ ޞިއްހީ ފައިދާ ބޮޑަށް އިޙްޞާޞް ކުރެވެނީ އަލަށް އިސްލާމްވެ ރޯދަ ހިފަން ފަށާ މީހުންނަށެވެ. އެއީ އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް އެނގިގެންދާތީއެވެ. މިކަމުގެ ސަބަބުން މުސްލިމުން ނޫން ގިނަ ބައަކުވެސް މިހާރު ގެންދަނީ މުސްލިމުންނާއި އެއްފަދައިން ރޯދަ ހިފަމުނެވެ. އެފަދަ ގިނަ ބައަކު ރޯދަ ހިފަނީ ސައިންސްވެރިންގެ ރިޕޯޓްތަކަށް ބަލައިގެންނެވެ. އެފަދަ ރިޕޯޓްތައް ނެރެފައިވަނީ މުސްލިމް ސައިންސްވެރިންނެއްވެސް ނޫނެވެ. 

ރޯދަ ހިފުމުން އިންސާނާގެ ޞިއްހަތަށް ލިބޭ ފައިދާތައް ޑޮކްތަރުން މިހާރު ގެންދަނީ ބަޔާން ކުރަމުންނެވެ. ބައެއް ހޯދުންތަކުން އެނގިފައިވާ ގޮތުގައި ޜޯދަ ހިފުމަކީ ކޮލޮސްޓްރޯލް ދަސްވެ ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ ކަމެކެވެ. ފަލަވެ ބަނޑުލުމައި ނަފްސާނީ ބަލިތަކުންވެސްމެއެވެ. 

ހަމަ އެއާއިއެކު ރޯދަ ހިފުމަކީ ހަޖަމްކުރުމުގެ ބާރު އިތުރުވެ ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުވެގެންދާ ކަމެކެވެ. ހަމަ އެއާއިއެކު ހަށިގަނޑުން ހަލާވެފައިވާ ސެލްތައް ބޭރުވެ އައު ސެލްތައް ލުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މުޅި ހަށިގަނޑު ތާޒާކޮށް ދުޅަހެޔޮކޮށްލަން ލިބޭ އަގުހުރި ފުރުޞަތެކެވެ.

މިއަދު އޮންލައިން