ރަމަޟާން މަހުން ހަތަރުބައިކުޅަ އެއްބައާ ރަހްމަތުގެ ދިހައިން ތިންބައިކުޅަ ދެބައި ފާއިތުވީ! ފަހުން ގަދައަށް ހިފައެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރަމަޟާން މަހުން ހަތަރުބައިކުޅަ އެއްބައާ ރަހްމަތުގެ ދިހައިން ތިންބައިކުޅަ ދެބައި ފާއިތުވީ! ފަހުން ގަދައަށް ހިފައެއް ނުލެވޭނެ!

މިއަދަށް ބަލައިފިނަމަ މިއީ ރަމަޟާން މަހުގެ 7 ވަނަ ދުވަހެވެ. މަހުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ފާއިތުވީއެވެ. ދެން ބަލައިލަންވީ ފުރަތަމަ 10 އަށެވެ. ރަޙްމަތް ލެއްވެވުމުގެ 10 އަށެވެ. އެ ގޮތުން ބަލައިފިނަމަ ދިހައިގެ ތިންބައިކުޅަ ދެބައި ފާއިތުވެގެން ދިއައީއެވެ. 

ސުވާލަކީ ރަމަޟާން މަސް ޙާޞިލުކުރަން ތިމާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރެވޭ ހެއްޔެވެ؟ ރޭއަޅުކަން ކުރެވޭ ހެއްޔެވެ؟ ކީރިތި ޤުރްއާން ކިޔެވޭ ހެއްޔެވެ؟ ރަމަޟާން މަސް ނިމިގެންދާއިއރު އެންމެ ޚަތިމެއް ކުރަން މަސައްކަތްކުރާ މީހާއަށްވެސް މިއަދު އޮންނަންވާނީ މަދުވެގެން 7 ފޮތޮ ކިޔެވިފައެވެ. ކިޔެވުނީ ކިތައް ފޮތް ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބައެއް މީހުން އަބަދުވެސް ބުނާނީ ފަހުން މާވަރުގަދައަށް "ހިފައިލާނެ" ކަމަށެވެ. ނަަމވެސް އަހެރެންގެ ތަޖުރިބާއަށް ބަލައިފިނަމަ އެއީ ހަމަ ނުކުރެވޭ ކަމެކެވެ. ރަމަޟާން މަސް ރަނގަޅު ގޮތުގައި ކާމިޔާބުކުރެވެނީ ހަމަ ފުރަތަމަ ދުވަހުން ފެށިގެން ގަދައަޅައި މަސައްކަތްކުރާ މީހުންނަށެވެ. 

ރަމަޟާން މަހަކީ ދާދި މަދު ދުވަސްކޮޅެކެވެ. އެއީ ގިނަވެގެންވެސް އެންމެ 30 ދުވަހެވެ. ރަމަޟާން މަސް ނިމިގެންދާއިއރު އެމީހަކަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވި، އެމީހެއްގެ ފާފަ ނުފުހެވުނު މީހާއަކީ ގެއްލެނިވެގެންވާ މީކެވެ. ވީމާ ރަމަޟާން މަސް ފެށުމާއިއެކު އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރަން ވާނެއެވެ.         

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން