ކޮންމެ މީހަކުވެސް އަބަދުވެސް ވިސްނަންވީ އެމީހެއްގެ އުމުރާއިމެދުގައެވެ. އުމުރުގައި ކުރިއަށް އޮތީ ކިތައް ދުވަސްކަން ނުއެނގުނު ނަމަވެސް ޢުމުރުން ފާއިތުވެގެން ދިއަދުވަސްތަކުގެ ޢަދަދު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަދި ފާއިތުވެގެން ދިއަ އެންމެ ދުވަހަކީވެސް، އެންމެ ހިނދުކޮޅަކީ ވެސް އަނބުރައިޮ ލިބޭނެ އެއްޗެއް ނޫންކަންވެސް އެނގޭނެއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ޢުމުރުން ފާއިތުވެގެންދާ ކޮންމެ ދުވަހަކާއިމެދުވެސް ފުންކޮށް ވިސްނައިލާށެވެ! ފާއިތުވެދިއަ ދުވަސްތައް ދެން އަނބުރާ ނުލިބޭނެކަމާއިމެދު ވިސްނައި ދެން ބައްދަލުވާ ކޮންމެ ދުވަހެއްގެ ބޭނުންވެސް އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ!
ވިސްނައިލަންވީ މިރަމަޟާން މަހަކީ ތިބާގެ އެންމެ ފަހު ރަމަޟާން މަހަށް ވެދާނެ ކަމާއިމެދުގައެވެ. ވީމާ އަޅުކަމުގައި ހީވާގި ވާށެވެ. ކަންނެތްކަމާއި ދުރުހެލިވާށެވެ.
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީރު ކާބޯތަކެއްޗާއި ނުލައި ރޯދަވީއްލުމަކުން ރޯދއަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ. ނަމަވެސް ކުރަންވީ ވަރަށް އަޅުކަން ނުކުރެވި ހުއްތާ އިރު އޮއްސިގެން ރޯދަ ވީއްލަން ޖެހިއްޖެ ނަމަ މުޅި ދުވާލު ކުރި ބުރަ މަސައްކަތުގެ ފައިދާއިން ބޮޑުބައެއް ގެއްލިގެން ދިއައީއެވެ. ސަމާލުކަންދޭންވީ ހިފާ ކޮންމެ ރޯދައަކުން ވީހައި ގިނަ ސަވާބު ލިބިގަތުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން