ކިރުމައިންނާ މާބަނޑު އަންހެނުންގެ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުން ލިބޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އޮތީ ރޯދަ ދޫކޮށްލުން!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކިރުމައިންނާ މާބަނޑު އަންހެނުންގެ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުން ލިބޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އޮތީ ރޯދަ ދޫކޮށްލުން!: ޑރ. އިޔާޟް

ކިރުމައި އަންހެނުންނާއި މާބަނޑު އަންހެނުން އެކަނބަލުންގެ އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅަށް ގެއްލުން ލިބޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އޮތީ ރޯދަ ދޫކޮށްލުމެވެ. 

އަނަސް ބިން މާލިކް (ރޢ)ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ ދަތުރުވެރިންނަށް ނަމާދުގެ ދެބައިކުޅަ އެއްބައި ލުއިކޮށް ދެއްވަވައިފައެވެ." އެއިގެ މާނައަކީ 4 ރަކްޢަތް ނަމާދު 2 ރަކްޢަތަށް ﷲ ތަޢާލާ ވަނީ ލުއިކޮށް ދެއްވަވައިފައެވެ. 

"އަދި ދަތުރުވެރިންނާ މާބަނޑު އަންހެނުންނާ ކިރުމައި އަނހެނުންނަށް ރޯދަ ހިފުން ﷲ ތަޢާލާ ވަނީ ލުއިކޮށް ދެއްވަވައިފައެވެ." އެހެންވީމާ އެފަދަ މީހުން ރޯދަހިފާކަށް ނުޖެހޭނެއެވެ. އެއިގެ ބަދަލުގައި ވިހައި ގަދަވުމުން ނުވަތަ ކިރުދީ ނިމުނީމަ، ނުވަތަ ކިރުދެމުން ނަމަވެސް ރޯދަ ހިފުމުގެ ކުލަދާނަކަން ލިބުމުން ގެއްލުނު ރޯދަތައް ޤަޟާކުރާނީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން