އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ ރޯދަ ދޫކުރުން ހުއްދަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ ރޯދަ ދޫކުރުން ހުއްދަ!: ޑރ. އިޔާޟް

 

ނުރައްކަލަކުން މީހަކު ސަލާމަތްކުރުމަށްޓަކައި ވެސް ރޯދަ ދޫކޮށްލުން ހުއްދައެވެ. މިސާލަކަށް މަޢްޞޫމަކު ޣަރަޤުވެގެންދާތަން ފެނުނު މީހާއަށް އެމީހާ އެކަމުން ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ކައި ވަރުޖައްސައިގެންކަމަށްވުން، ނުވަތަ ތަނެއްގައި ރޯވެގެން އުޅޭއިރު އެކަމުން ސަލާމަތްކުރެވެން އޮތީ ކޮންމެވެސް އެއްޗެއް ކައި ގައިގަ ވަރުޖައްސައިގެން ކަމަށްވާނަމަ އެކަން ކުރުމަށްޓަކައި ރޯދަ ދޫކޮށްލުން އެމީހަކަށް ވާޖިބުވާނެއެވެ.

މިޙާލަތުގައި ރޯދަ ދޫކޮށްލާ މީހާގެ މައްޗަށް އޭނާ ދޫކުރި ރޯދަ ފަހުން ޤަޟާކުރުން ވާޖިބުވާނެއެވެ. އަނެކާއަށްޓަކައި އޭނާ އެކުރި ހެޔޮ ޢަމަލަށްޓަކައި އޭނާއަށް ނުހަނު ގިނަ ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ.

ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަޅާ އޭނާގެ އަޚާގެ އެހީތެރިކަމުގައިވާ ޙާލު ﷲ ވޮޑިގެންވަނީ އޭނާގެ އެހީތެރިކަމުގައެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން