ﷲ ގެ މަގުގަ ޖިހާދުކުރަން ދޫކުރާ ރޯދަވެސް ޤަޟާކުރަން ޖެހޭނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ﷲ ގެ މަގުގަ ޖިހާދުކުރަން ދޫކުރާ ރޯދަވެސް ޤަޟާކުރަން ޖެހޭނެ!: ޑރ. އިޔާޟް

ހަމައެފަދައިން ޢަދުއްވުންނާއި ހަނގުރާމަކުރަންދާ މުޖާހިދުންނަށްވެސް ރަމަޟާން މަހު ރޯދަ ހިފައިގެން ހުރެ ޢަދުއްވުންނާއި ކުރިމަތިލުމަކީ އުނދަގޫ ކަމެއް ކަމުގައި ވެއްޖެ ނަމަ އެފަދަ މީހުންނަށްވެް ރޯދަ ދޫކޮށްލުމުގެ ހުއްދަ ރަސޫލް (ޞޢވ) ވަނީ ދެއްވަވައިފައެވެ. 

"ތިއަބައިމީހުންނަށް ހެނދުނު ވާނީ ތިއަބައިމީހުންގެ ޢަދުއްވުންނާއި ބައްދަލުކޮށްފައި ތިއްބައެވެ. ތިއަބައިމީހުން ރޯދަ ދޫކޮށްލައިގެން ތިބެއްޖެ ނަމަ ޢަދުއްވުންނާއި ކުރިމަތިލާއިއރު ތިއަބައިމީހުންގެ ގައިގައި ބާރު ބޮޑަށް ހުންނާނެ އެވެ. އެހެން ވީމާ ތިއަބައިމީހުން ރޯދަ ދޯކޮށްލާށެވެ!" ޙަދީޘް ބަސްފުޅުގައި އޮތީ މިފަދައިންނެވެ. ވީމާ އެފަދަ މީހުން އެހެން ދުވަސްތަކެއްގައި ރޯދަ ދޫކޮށްލާނީއެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީ އެހެން ދުވަސްތަކެއްގައި ރޯދަ ހިފައި ޢަދަދު ހަމަކުރުމަށެވެ. ﷲ ތައާލާ އެދިވޮޑިގަންނަވަނީ ތިއަބައިމީހުންނަށް ލުއި ގޮތްތައް ކަމަށާއި ބުރަގޮތެއް އިރާދަ ނުކުރައްވަވާ ކަމަށެވެ. "--- ، ތިއަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިއަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.---" (އަލްބަޤަރާ: 185) 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން