ހޮސްޕިޓަލްތައް ބަންދުކުރި ނަމަވެސް ދުޢާ ކުރުން އޮތީ ހުޅުވިފައެވެ! ތަނަކަށް ތަދުވާނަމަ މިދުޢާ ކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ހޮސްޕިޓަލްތައް ބަންދުކުރި ނަމަވެސް ދުޢާ ކުރުން އޮތީ ހުޅުވިފައެވެ! ތަނަކަށް ތަދުވާނަމަ މިދުޢާ ކުރައްވާށެވެ!

ހޮސްޕިޓަލްތަކުގެ ދޮރުތައް ބަންދުވެ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން މިހައި ދަތިވެފައި އޮތް ނަމަވެސް މާޔޫސް ނުވާށެވެ! ތަނަކަށް ތަދުވާތީ ކަންބޮޑުނުވާށެވެ! ދުޢާ ކުރުމުގެ ދޮރުތައް ވަނީ ހުޅުވިގެންނެވެ، ޢަމަލުކުރަންވީ ގޮތާއި ކިޔަންވީ ދުޢާ ޙަދީޘުން މިއޮތީ ފެންނާށެވެ. 

بِسْمِ اللهِ (3 ފަހަރު)

أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ (7 ފަހަރު)

މާނައީ:

"މިއަލާއަށް އިޙްޞާޞް މިވާ ކަންތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން މާތް ﷲ އާއި އެކަލާނގެ ކުލަދުންވަންތަކްމުގެ ރައްކައުތެރިކަމަށް އެދި ދަންނަވަމެވެ." 

މިޢީ ޢުޘްބާން ބިން ޢަބިލް ޢާޞް (ރޢ) އިސްލާމްވެވަޑައިގަތީންސުރެ ހަށިކޮޅުގައި ހުންނަތަދަކާއި ގުޅިގެން ރަސޫލް (ޞޢވ) އަށް ޝަކުވާ ދެންނެވި ހިނދު ދަސްފުޅުކޮށް ދެއްވެވި ދުޢާއެވެ. 

ޙަދީޘްފުޅު ކުރެއްވެވީ ތަދުވާތަނުގައި އަތްއެޅުމަށްފަހު  بِسْمِ اللهِ 3 ފަހަރު ކިޔައި އަދި 

أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ  މިދުޢާ 7 ފަހަރު ކިޔުމަށެވެ.

ޙަދީޘް: ޞަޙީޙް މުސްލިމް

ގުޅުންހުރި ވީޑިއޯ:

 

މިއަދު އޮންލައިން