ތަރާވީޙް ނަމާދުގަ ވައްޖަހުތު ކިޔަން ޖެހޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތަރާވީޙް ނަމާދުގަ ވައްޖަހުތު ކިޔަން ޖެހޭނެތަ؟

ގިނަ ބައަކަށް ގޭގައި ތަރާވީޙް ނަމާދުކުރަން ޖެހިފައިވާއިރު އަދި އެކަމަކީ ގިނަ ބައަކަށް ޙަޔާތުގައި މުޅިން އަލަށް ކުރަން ޖެހިފައިވާ ކަމަކަށްވުމުން ތަރާވީހް ނަމާދު ކުރުމާއި ބެހޭ ގޮތުން ގިނަ ކަންތައްތަކެއް އޮޅުން ފިލުވަން ގިނަ ބައަކު ބޭނުންވެއެވެ. 

އެގޮތުން ބައެއް ބޭފުޅުން ކުރައްވާ ސުވާލަކީ ތަރާވީޙް ނަމާދު 2 ރަކްޢަތުން ކުރާއިރު ކޮންމެ 2 ރަކްޢަތަކަށް ތެދުވެފައި ވައްޖަހުތު ކިޔަން ޖެހޭނެތޯއެވެ؟ 

"ތަރާވީޙް ނަމާދަކީ 2 ރަކްޢަތުން ސަލާންދެމުން 8 ރަކްޢަތް ނުވަތަ އެމީހަކު ބޭނުން ޢަދަދަކަށް ކުރި ނަމަވެސް 1 ނަމާދެވެ. ވީމާ ފުރަތަމަ 2 ރަކްޢަތަށް ޙަރަމްބަނދެ ތަކުބީރުކިޔުމަށްފަހު ވައްޖަހުތު (ދުޢާއުލްއިފްތިތާޙް) ކިޔާށެވެ!

 އެއީ ސުންނަތެކެވެ. ވަގުތު ނެތިގެން ނުވަތަ އިމާމެއްގެ ފަހަތުގައި ކުރާ ނަމަ ވަގުތު، ފުރުޞަތު ނުލިބިގެން ނުކިޔެވުނުނަމަވެސް އެއީ މައްސަލައެއް ނޫނެވެ. 

ތަރާވީޙް ނަމާދުގައި ކިތަންމެ ގިނަ ރަކްޢަތެއް ކުރި ނަމަވެސް ވައްޖަހުތު ކިޔާނީ ކުރިން ބުނި ފަދައިން ފުރަތަމަ ދެރަކްޢަތް ފަށަމުންނެވެ. ފުރަތަމަ ރަކްޢަތުގައެވެ. އެނޫން އިތުރު އެއްވެސް ރަކްޢަތެއްގައި ކިޔުމެއް ނެތެވެ." 

- ޖަވާބު ދެއްވީ ޝައިޚް އިބްރާހީމް ފަރީދު

މިއަދު އޮންލައިން