ގިނަގުނަ ސަވާބު ލިބިގެންވާ ދެ ދުޢާއެއް!

ކިޔުމަށް ހޭދަވާނީ 1މ 15ސ
ގިނަގުނަ ސަވާބު ލިބިގެންވާ ދެ ދުޢާއެއް!

ގިނަ ސަވާބު ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ ފުރިހަމަ މުސްލިމަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ޚާއްސަކޮށް ރަމަޟާން މަހުގައެވެ.

ތިރީގައިމިވާ ދެ ދުޢާއަކީ އިސްލާމިކް އިންފޮމޭޝަން ޕޭޖުގައި ހިމަނާފައިވާ، މިދުޢާތައް ކުރުމުން ގިނަ ސަވާބު ލިބިގެންވާ ކަމަށް ބުނެފައިވާ ދުޢާތަކެކެވެ. 

سبحان الله وبحمده  سبحان الله العظيم 

މިއީ ސައްޙަ ދުޢާއެއް ކަމަށް ސަޙީހް އަލް ބުޚާރީ ގައި ހިމަނާފައިވާ ދުޢާ އެކެވެ. އަބޫ ޙުރައިރާ (ރަޟިއަ ﷲ އަންހް) ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގާ ވަނީ ގިނަގުނަ ސަވާބު ހާސިލު ކުރުމަށްޓަކައި މިދުޢާ ކުރުމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވި ކަމަށެވެ. 

رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ.

މިއީ ފިރްޢައުނުގެ އަނބިކަނބަލުން (މޫސާ އަލައިޙިއްސަލާމްގެ ދެވަނަ މައިކަމަނާ އާސިއާ ރަޟިޢަ ﷲ އަންހާ) ވަރަށް ގިނައިން ދެންނެވި ދުޢާއެއް ކަމަށް ކީރިތި ޤުރްޢާންގައި ވެސް ވެއެވެ. ދުޢާގެ މާނައިގައި ވަނީ "....އަޅުގެ  ވެރިރަސްކަލާކޮ! ތިމަން އަޅާއަށް އިބަރަސްކަލާނގެ ޙަޟްރަތުގައި ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާންދޭވެ....!" (ޤުރްއާން 66:11) މިފަދައިންނެވެ.

މިއަދު އޮންލައިން