ތިމާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ﷲ ހުޅުއްވަވައި ދެއްވަވާނެ މީހަކަށްވާށެވެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތިމާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ﷲ ހުޅުއްވަވައި ދެއްވަވާނެ މީހަކަށްވާށެވެ!: ޑރ. އިޔާޟް

ރޯދަވީއްލާ ވަގުތު ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކުރާށެވެ! އެއީ ﷲ ތަޢާލާ ދުޢާ ޢިޖާބަ ކުރައްވަވާ ވަގުތެކެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ހަމަކަށަވަރުން ރޯދަވެރިޔާއަށް ވެއޭ ތައްދު ނުކުރެވޭނެ ދުޢާއެއް!" މާނައަކީ ﷲ ތަޢާލާ އެދު ދުޢާ ޢިޖާބަ ނުކުރައްވަވައި ރައްދު ނުކުރައްވަވާނެތެވެ! 

އެހެންކަމުން އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ބަހުން ނަމަވެސް އެމީހަކަށް އެންމެ ބޮޑަށް ބޭނުންވެގެން ހުރިކަންކަމުން ރޯދަ ވީއްލާ ވަގުތު (ވަގުތު ޖެހުމުގެ ކުރިން) ދުޢާ ދަންނަވާށެވެ!

ذَهَبَ الظَّمَأُ ، وَابْتَلَّتِ الْعُرُوقُ ، وَثَبَتَ الأَجْرُ إِنْ شَاءَ اللهُ

ރޯދަވީއްލެވުމަށްފަހު ރަސޫލް (ޞޢވ މިފަދައިން ދުޢާ ކުރެއްވެވިއެވެ. މާނައީ "ކަރުހިއްކުން ފިލައި ހިނގައްޖެއެވެ. ނާރުތައް ތެމިއްޖެއެވެ. އަދި ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ދަރުމަ ލިބޭނެކަން ކަށަވަރެވެ!" މާނައީ އެރޯދައިގެ ދަރުމަ ﷲ ތަޢާލާ ދެއްވަވާނެކަން ޔަޤީނެވެ. 

އިތުރު ޙަދީޘްފުޅެއްގައި ވެއެވެ. "އެމީހެއްގެ ދުޢާ ޣ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫކޮށްލައްވަވާނެ 3 މީހަކުވެއެވެ. ފުރަތަމަ މީހަކީ ޢަދުލުވެރި އިންޞާފްވެރި އިމާމާ ނުވަތަ ޙާކިމް، ރައީސް އެވެ. އަދި ރޯދަވެރިޔާ އޭނާގެ ރޯދަ ހިފައިގެން ހުރިހައި ހިނދަކު އޭނާ ކުރާ ﷲ ތަޢާލާ ޢިޖާބަ ކުރައްވަވާނެއެވެ. އަދި އަނިޔާ ލިބިގެންވާ މީހާއެވެ. ވިލާތަކުގެމަތިން އޭނާގެ ދުޢާ އުފުލިގެންދާނެއެވެ. އަދި އޭނާގެ ދުޢާއަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ. ތިމަން ﷲ ގެ ޢިއްޒަތް ގަންދެއްވަވައި ވަހީކުރައްވަވަމެވެ. ފަހުން ނަމަވެސް (މިހާރުން މިހާރަށް ތިބާގެ ދުޢާ ޢިޖާބަ ނުކުރެއްވެވި ނަމަވެސް) ކޮންމެވެސް ވަގުތަކުން ތިބާގެ ދުޢާ ތިމަން ﷲ ޢިޖާބަކޮށްދެއްވަވާނަމެވެ." 

އެހެންކަމުން އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަނިޔާ ލިބޭ މީހާގެ ދުޢާއަކީ ﷲ ތަޢާލާ ރައްދުކުރައްވަވާނެ ދުޢާއެއް ނޫނެވެ.  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން  

ދަރުސްގެ ވީޑިއޯ:

 

 

 

 

މިއަދު އޮންލައިން