4 ކަމެއް ކުރުމުން އެމީހަކަށް ސުވަރުގެ ދެއްވަވާނެ 4 ކަމެއްގެ ވާހަކަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
4 ކަމެއް ކުރުމުން އެމީހަކަށް ސުވަރުގެ ދެއްވަވާނެ 4 ކަމެއްގެ ވާހަކަ!: ޑރ. އިޔާޟް

ރަމަޟާން މަހު އެންމެ ބޮޑަށް ބަލަންވީ އެއްކަމަކީ ތިމާގެ ފަރާތުން އަނެކާއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމަކީ ކޮބައިތޯއެވެ. ރިވާވެގެން އައިސްފައިވަނީ "މީސްތަކުންގެ ތެރޭގައި ހުންނެވި އެންމެ ދީލަތި ބޭކަލަކީ ރަސޫލް (ޞޢވ) އެވެ. އެކަލޭގެފާނަކީ އަބަދުވެސް ދީލަތި ބޭކަލެކެވެ. ރަމަމާންމަހު އެކަލޭގެފާނާއި ޖިބްރީލްގެފާނާއި ބައްދަލުވާހިނދު އެކަލޭގެފާނުގެ ދީލަތިކަން އިތުރުވެގެންދެއެވެ. ރތަމަމާން މަހުގެ ކޮންމެ ރެއަކުވެސް ޖިބްރީލްގެފާނު ރަސޫލް (ޞޢވ) އާއި ބައްދަލުކުރައްވަވައި ޤުްރްއާން މުބާރަސާ ކުރައްވަވައެވެ. ފިނިވައިރޯޅިއަކަށްވުރެވެސް ރަސޫލް (ޞޢވ ގެ ދީލަތިކަން ބޮޑުވެގެންވެއެވެ. 

ޢަމަލުންނާއި ބަހުންވެސް ދީލަތިވެވިދާނެއެވެ. މީހަކަށް ﷲ ތަޢާލާގެ ދީން އޮޅުންފިލުވައިދީގެންވެސް ދީލަތިކަން ފޯރުކޮށްދެވިދާނެއެވެ! ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް މީހަކަށް ހެޔޮކަމެއް ފޯރުކޮށްދިނުމެވެ. ޚާއްޞަ ގޮތެއްގައި ރަމަމާންމަހު ރޯދއަށް ތިބޭ ވަގުތުގައި މީސްތަކުންނަށް ހެޔޮކަން ފޯރުކޮށްދޭންވާނެއެވެ. 

އަބޫހުރައިރާ ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައިވެއެވެ. "ތިއަބައިމީހުންކުރެ ކާކު ހެއްޔޭ ރޯދަ ހިފައިގެން ހުއްޓާ މިއަދު ހެނދުނުކުރީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު ޖަނާޒާއެއްގައި ބައިވެރިވީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު މިސްކީނަކަށް ކާންދިނީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. ދެން ޙަދިޘްފުޅު ކުރެއްވެވީ ތިއަބައިމީހުންކުރެ ކާކުތޯއޭ މިއަދު ބަލިމީހަކަށް ޒިޔާރަތްކުރީ؟ އަބޫބަކުރުގެފާނު ވިދާޅުވީ ތިމަންނާއެވެ. އެހިންދު ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ މިކަންކަން މީހެއްގެ ކިބައި އެއްވެއްޖެ ނަމަ، މާނައަކީ އެމީހަކީ އެމީހަކު އެދުވަހު ހުރީ ރޯދައަށް ކަމަށްވެފައި އެމީހާ އެދުވަހު ޖަނާޒާއެއްގައި ބައިވެރިވެފައި އަދި އެދުވަހު އެމީހަކު މިސްކީނަކަށް ކާންދީފައި އަދި އެދުވަހު އެމީހަކު ބަލިމީހަކަށް ޒިޔާރަތްކޮށްފައިވެ މި 4 ސިފަ އެމީހެއްގެ ކިބައި އެއްވެއްޖެ ނަމަ އެމީހަކު ސުވަރުގެ ވަންނާނެއެވެ! 

މިއީ ވަރަށް ކުދިކުދި ކަންތައްތަކެވެ. މާނައަކީ ވަރަށް ފަސޭހައިން ކުރެވެން ހުރި ކަންތައްތަކެކެވެ. ވީމާ މިކަންކަން ކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިއަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތްކުރަމެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން