ބިރުހުރި ސުވާލެއް! ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތުގެ ޖަވާބު އަމިއްލަ ނަފްސަށް ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ބިރުހުރި ސުވާލެއް! ކޮންމެ މީހަކުވެސް އެމީހެއްގެ ޙާލަތުގެ ޖަވާބު އަމިއްލަ ނަފްސަށް ދެއްވާ!

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދު ފުޅަކީ ޙައްޤުތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިއަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠޯނާ ތިއަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ!" (އަލްފާޠިރު: 5)

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔޭގައި އުޅޭއިރު ހިތްހަމަޖެހުމާއި އުފާ ބޭނުންނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ އިންސާނުންގެ ޠަބީޢަތުގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަމަކަށްވާތީއެވެ. މިއަދު މައްސަލައަކަށް ވެގެން މިއުޅެނީ ހިތްހަމަޖެހުމާއި އުފާވެރިކަން ބޭނުންވާ މިންވަރުގައެވެ.

ދުނިޔެ އެކުގައިހެން ގޭބަންދުވުމުގެ ހާލަތަށް ދިއުމުންވެސް ވިސްނުނީ ކޮންކަމެއް ހެއްޔެވެ؟ މިފަދަ ރަމަޟާން މަހުގައިވެސް ގޭގައި ތިބެ އަޅުކަމެއް ކުރާނެ ވަގުތެއްވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހޭލެވުނީންސުރެ ދުނިޔަވީ ކަންކަމުގައި އުޅެފައި ރޯދައިގެ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރެވެނީ ކިހައިވަގުތަކު ހެއްޔެވެ؟ އަތުގައި ފައިސާ ނެތްކަމަށްބުނާ މީޙޫންގެ ގެތަކުގެ ބަދިގެތަކުން އަނހެންވެރިންނަށް ނުކުމެވޭހެއްޔެވެ؟ 

އަޑުއަހަންތިއަ ތިބި އެންމެންނޭވެ! ރަމަޟާން މަހުގެ ފުރުތަމަ 10 ގެ ދުވަސްތައް ނިމުނީއެވެ. މާދަމާއަކީ 10 ވަނަ ދުވަހެވެ. ﷲ ތައާލާއަށް ބިރުވެތިވެ ނިކަން ތެދުބަހުން ހެކިބަސްދީބަލާށެވެ! ރަޙްމަތް ލެއްވެވުމުގެ 9 ދުވަސް ފާއިއތުވެގެން ދިއައިރު ކީރިތި ޤުރްއާނުން 9 ފޮތް ކިޔެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިވާހަކަ ދައްކަން މިޖެހެނީ އޮންލައިންކޮށް ކަމުގައި ވުމުން އަތް އުފުލައި ހެކި ބަސް ދޭން ބުނިނަމަވެސް އަތްއުފުލާ އަދަދު ފެނުމުގައި ދަތިތަކެއް ހުންނާނެއެވެ. 

ގޭގަ ބަންދުކުރައްވަވާފަ އަޅުކަން ކުރުން އިތުރުކުރަން އަމުރުފުޅު ކުރެއްވެވީމަ ވެސް އެބަ ކިޔަމަންވެވޭ ހެއްޔެވެ؟ ކިޔަމަންތެރިވެވޭ ހެއްޔެވެ؟ ކިޔަމަންތެރި ވެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެހެންކަމަށްވާއިރު ކުރިމަތިވެފައިވާ މުޞީބާތްތަކުން އަރައި ނުގަނެވި ލަސްވާތީ ކަންބޮޑުވެ ﷲ ތަޢާލާއަށް ދެންނެވުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ 

ކޮންމެއަކަސް އަހަރެން މިކުރި ސުވާލުތައް އަމިއްލަ ނަފްސާއި ކޮށްލާށެވެ! އަހަރެންނަށް ނުވަތަ އެހެން ބައަކަށް ހަޤީޤަތް ނުއެނގުނު ނަމަވެސް ތިބާ ކިޔެވި އަކުރުގެ ޢަދަދުވެސް އަދި އެކަމަށްހޭދަކުރި ސިކުންތުގެ ޢަދަދުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ! 

ފާޠިރު ސޫރަތުގެ މިއާޔަތުގައި ވަޙީ ކުރައްވަވާފައި މިވަނީ ކުޑަ ކަމެއް ކަމަށް ހީނުކުރާށެވެ! "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދު ފުޅަކީ ޙައްޤުތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠޯނާ ތިއަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ!"

ދުނިޔޭގެ އެދުންތަކަށް މީސްތަކުން ދަހިވެތިކުރުވަނީ ޝައިޠޯނާއެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލި ދުުނިޔޭގެ ދަހިވެތިކަމުގައި އާޚިރަތް ނަގައިލަމުން ތިއަ ގެންދަނީ ހަމަ އަމިއްލައަށެވެ. ރަމަމާން މަހުގެ ރޯދަ ހިފޭނީވެސް، އާޚިރަތް ދުވަސް ކާމިޔާބުކުރެވޭނީވެސް "ފަހެ، ދުނިޔޭގެ ދިރިއުޅުން ތިއަބައިމީހުން ހެއްލުންތެރިކުރިއަ ނުދޭހުށިކަމެވެ!" އޮތް ބަސްފުޅަށް ބިރުވެތިވެވިގެންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާދޭސްކޮށް ސަލާން ޖަހާފައި ބުނަމެވެ! ރަމަމާން މަހުގެ އެއް ދިހަ ނިމިގެން ދިއައީއެވެ. ދުނިޔޭގެ އުފަލާއި އަރާމާއި މީރުކާނާ ހޯދަން ތިއަކުރާ މަސައްކަތްތައް މަދުކުރާށެވެ! މި ބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން