ދަމުނަމާދުގަ ކުރެވިދާނެ ބައެއް ކުރު ދުޢާތައް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ދަމުނަމާދުގަ ކުރެވިދާނެ ބައެއް ކުރު ދުޢާތައް: ޑރ. އިޔާޟް

މިދުވަސްވަރު އެންމެ ގިނަބައަކު އޮޅުންފިލުވަން ބޭނުންވާ އެއްކަމަކީ ދަމުނަމާދުގައި ކުރާނެ ކުރު ދުޢާތަކެވެ. އެހެންކަމުން ތިރީގައި މިވަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެ ދެއްވި ބައެއް ދުޢާއެވެ. 

ދަމުނަމާދުގައި ކުރެވިދާނެ ކުރު ދުޢާ ތައް: 

• اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ޢަފޫ ކުރައްވާ އިލާހެވެ. ޢަފޫ ކުރެއްވުމަށް ލޯބި ކުރައްވާ އިލަހެވެ. އަޅަމެންނަށް ޢަފޫކޮށްދެއްވާފާންދޭވެ.  

• رَبَّنَا آتِنَا فِيْ الدُّنْيَا حَسَنَةً وَفِيْ الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން މުއްތި ކުރައްވާފާންދޭވެ. 

• رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْرًا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާންދޭވެ.  

• رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَة ًإِنَّكَ أَنْتَ الْوَهَّابُ 

މާނަ: އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްގުގެ މަގުން އެއްކިބާ ނުކުރައްވާފާންދޭވެ. އަދި އަޅަމެންނަށް އިބަ ﷲ ގެ ޙަޟްރަތުން ރަޙްމަތް ލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ އިލާހެވެ. 

• اَللَّهُمَّ تَوَفَّنَا مُسْلِمِيْنَ وَأَلْحِقْنَا بِالصَّالِحِيْنَ  

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މުސްލިމުންކަމުގައިވާ ޙާލުގައި އަޅަމެންގެ މަރު ގެންދަވާފާންދޭވެ. އަދި ޞާލިޙުންނާއި އެކު އަޅަމެން ލައްވާފާންދޭވެ.  

• اَللَّهُمَّ ارْزُقْنَا الْجَنَّةَ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވާފާންދޭވެ.  

• اَللَّهُمَّ أَجِرْنَا مِنَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތް ކުރައްވާފާންދޭވެ.

މިއަދު އޮންލައިން