ދުޢާކޮށް އެދޭކަންކަން ކާމިޔާބުކުރާނީ ހެއްޔެވެ؟ ނޫނީ ދުޢާކުރަން ކިބުރުވެރިވެ ނަރަކައަށް ވަންނާނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުޢާކޮށް އެދޭކަންކަން ކާމިޔާބުކުރާނީ ހެއްޔެވެ؟ ނޫނީ ދުޢާކުރަން ކިބުރުވެރިވެ ނަރަކައަށް ވަންނާނީ ހެއްޔެވެ؟

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ  އިޖާބަކުރައްވަވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ." އަލް މޫމިން: 60) 

މިއާޔަތަށް ބަލއިފިނަމަ ފާހަގަ މިކުރެވެނީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ "ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ  އިޖާބަކުރައްވަވާހުށީމެވެ." އޮތް ބަސްފުޅެވެ. ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ދުޢާ ކުރުމަށް އެންގެވުމާއިއެކު އެވަނީ ދުޢާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަންވެސް ދެއްވަވައިފައެވެ. 

ދެން އޮތީ ދެވަނަބައެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ." އޮތް ވަޙީ ބަސްފުޅެވެ. އެނގިގެން މިދަނީ ﷲ ތައާލާއަށް ދުޢާކުރުމާއި އަދި އަޅުކަންކުރަން ފަސްޖެހޭ މީހުންނަށް ޤިޔާމަތްދުވަހު ކުރިމަތިވާނޭ ނިކަމެތި ޙާލެވެ. 

މިއާޔަތުގެ ޥާހަކަ ވަރަށް ގިނައިން ދައްކަން މިއަދު މިވަނީ ޖެހިފައެވެ. ހަމައެކަނި ދީނީ ޢީލްމުވެރިންނެއް ނޫނެވެ. އެކަކު އަނެކަކަށްވެސް މިއާޔަތް ހަނދާންކޮށްދޭން މިވަނީ ޖެހިފައެވެ. އެއީ ދުޢާކުރުމުން ﷲ ތައާލާ އިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަން ހިތްތަކުގައި ކުޑަވަމުންދާތީއެވެ. 

މީސްތަކުންނޭވެ! ހުރިހާ މައްސަލަތެކެއްގެ ވެސް ޙައްލު ލިބުން އޮތީ ހަމަ ﷲ ތަޢާލާގެ ހަޟްރަތުންނެވެ. ކީރިތި ޤުރްއާނުގައި މިފަދަ އާޔަތްތައް ވަހީކުރައްވަވާފައި އެވަނީ އެކަންކަން މީސްތަކުންނަށް ހަނދުމަކޮށްދެއްވެވުމަށްޓަކައެވެ. ޔަޤީންކަމުގައި ސާބިތުވެ ދެމިތިބުމަށްޓަކައެވެ. 

މިއާޔަތުގައިވާ ވަޙީ ބަސްފުޅަށް އިތުބާރުކޮށް ޔަޤީންކަމާއިއެކު ދުޢާކުރަމުން ގެންދާށެވެ! އިޚްލާޞްތެރިކަމާއިއެކު އެކަންކޮށްފި މީހަކަށް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން