އެންމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު، އެތައް އަހަރަކު ކުޅުނު މިޔުޒިކުން ހިތަށްވީ އިޙްޞާޞްތަކާ ނުބައްދަލު!: އިޝާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެންމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު، އެތައް އަހަރަކު ކުޅުނު މިޔުޒިކުން ހިތަށްވީ އިޙްޞާޞްތަކާ ނުބައްދަލު!: އިޝާން

"ﷲއަށް ކުއްތަންވެ، ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު، އެތައް އަހަރެއް ވަންދެން ކުޅުނު މިޔުޒިކުން ހިތަށްވީ އިޙްޞާޞްތަކާ ނުބައްދަލު." 

މިޔުޒިކް ކުޅެ އަޑުއެހުން އެއީ ތިބާ ޢާއި ﷲ އާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތިކޮށްލާ ކަމެކެވެ. އަދި ޝައިޠޯނާ އޭން ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފުސް ކޮންޓްރޯލްކޮށްލާ ކަމެކެވެ."

"މިއަދު ލިބެނީ ލަވަކިޔައިގެން އެންމެ ރެއަކުން ލިބުނު އާމްދަނީ މަހެއްގެ މައްޗަށެވެ. ފުދުންތެރިކަމާ ތަނަވަސް ކަމަކީވެސް ހިތާއި ގުޅިފައިވާ ކަމެއްކަން މިއަދު އިޙްޞާޞްވެއެވެ." 

މިއީ މޯލްޑިވިއަން އައިޑޮލް އިން އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާގެ މަޝްހޫރުކަން ލިބުނު މުހައްމަދު އިޝާން ލަވަކިޔުން ހުއްޓައިލުމަށްފަހު ބުނެފައިވާ ބައެއް ބަސްތަކެވެ. 

އިޝާން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މޯލްޑިވިއަން އައިޑޮލްގެ 3 ވަނަ ހޯދައިފައެވެ.

އިޝާން މިޔުޒިކާއި ދުރަށްދިއަކަން އިއުލާނު ކުރުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ އޭނާއަށް މަރުޙަބާވިދާޅުވެ ތަޢްރީފްކުރައްވައިފައެވެ. އިޝާނަށް ސާބިތުކަން ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަވައިފައެވެ. 

މިއަދު އޮންލައިން