އަނބިންނާއި ދަރިންގެ މަތިން ފިޠުރު ޒަކާތް ދެއްކުން ވާޖިބުވެގެންވަނީ ފިރިމީހާގެ މައްޗަށެވެ. ނަމަވެސް އަނބިމީހާ ހެޔޮ ހިތުން އިޚްލާޞްތެރިކަމާއިއެކު އެކަން ކޮށްދީފި ނަމަ އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެއޮތީ އެކަން ފުރިހަމަކުރެވިފައެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވީ މިރަމަޟާން މަހު ފިޠުރު ޒަކާތް އޮންލައިންކޮށް ދައްކަން ބެލިއިރު ފިރިމީހާގެ އޮންލައިން ބޭންކިންގ ޚިދުމަތް ނެތުން ފަދަ ކަމެއް މެދުވެރިވެގެން އަނބިމީހާގެ އެކައުންޓުން ފިޠުރު ޒަކާތް ދެއްކުމުން އެކަން ޞައްޙަވާނެކަން ބަޔާން ކުރެއްވެވުމަށެވެ.
އަނބިމީހާއަކީ ކިތަންމެ ބޮޑު މުއްސަންޖެއް ނަމަވެސް އޭނާ އާއި ޢާއިލާގެ ޚަރަދުތައް ކުރާކަށް އަނބިމީހާޢަކަށް ނުޖެހޭނެއެވެ. ނަމަވެސް ހެޔޮ ހިތުން ކޮށްފިނަމަ އެއީ ބަރަކާތް ލެއްވެވިގެންވާ ކަމެކެވެ. އެކަމަށް ޙައްޤު ޖަޒާ މާތް ﷲ އެބޭކަނބަލަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ