ނަމާދު ނިމިގެން ފޯނުން ބަލައިގެންދުޢާ ކުރައްވާ! އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން! ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަމާދު ނިމިގެން ފޯނުން ބަލައިގެންދުޢާ ކުރައްވާ! އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން! ޑރ. ޝަހީމް

"ނަމާދު ނިމިގެން ކުރާ ދުޢާތައް ހިތުދަސް ނޫންނަމަ ފޯނުން ބަލައިގެން ކިޔާށެވެ! އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއެ ނޫނެވެ. ފޯނުން ބަލައިގެން ނަމަވެސް ކިޔުން މުހިންމީ ކީރިތި ޤުރްޢާނުގަ އާއި ރަސޫލް (ޞޢވ) ގެ ސުންނަތުގައި ވާރިދުވެގެންވާ ދުޢާތަކެވެ. 

އެމީހަކު ދުޢާކުރަން ބޭނުންވާ ކަމަކާއި ގުޅިގެން ކުރާނެ އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ދަންނަ ބަހަކުން ދުޢާކުރެވޭނެއެވެ." 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ނަމާދުކޮށް ނިމިގެން ފޮތްތައް ބަލައިގެން ޛިކުރުކޮށް ދުޢާކުރާ ފަދައިން ފޯނުން ބަލައިގެންވެސް އެކަންކަން ކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ނަމާދު ނިމުމުން އަވަސް އަވަހަށް މުސައްލަމަތިން ނުވަތަ ނަމާދުކުރިތަނުން ތެދުވެގެން ދިއުމުގެ ބަދަލުގައި ޛިކުރުކޮށް ދުޢާކުރުންމަތީގައި ވަގުތުކޮޅަކު މަޑުކޮށްލުމެވެ. 

މިޒަމާނަށް ބަލައިފިނަމަ ފޯނު ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ އެއީ އެތައް ހާސް ފޮތެއް ޖަމާކޮށްފައިވާ ލައިބްރަރީއެކެވެ. ފޮތް ހޯދަން ހާވަން ވަގުތު ބޭކާރުކުރާކަށްވެސް ނުޖެހެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޭނުންވާ ފޮތާއި ކުރަން ބޭނުންވާ ޛިކުރު ފެނިގެންދެއެވެ. 

ފޯނަކީ މިހައި މަތިވެރި ބޭނުން ކުރެވެން އޮތް އެއްޗަކަށްވާއިރު އެ ފޯން ނަޖިސް ނުކުރާށެވެ! ފޯނުން ނަޖިސް ޢަމަލުތަކާއި ނަޖިސް މަންޒަރުތައް ނުބަލާށެވެ! އެފަދަ ނަޖިސްތަކުތި ޑައުންލޯޑުވެސް ނުކުރާށެވެ!

މިއަދު އޮންލައިން