ޤުރުޢާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ޤުރުޢާން ކިޔަވަން ފެށުމުގެ ކުރިން ’’އަޢޫޒް“ ކިޔުމެވެ. ﷲ ސުބްޙަނަހޫ ވަތަޢާލާ ކީރިތި ޤުރުޢާންގައި ވަކީކުރައްވަނީ "ތިޔަބައިމީހުން ގުރުޢާން ކިޔަވަން ފަށާކަމުގައިވަނީނަމަ ﷲ ސުބްޙަނަހޫ ވަތަޢާލާގެ ހަޟްރަތަށް އެދި ދަންނަވާށޭ. ލަޢުނަތް ލެއްވިގެންވާ ޝައިޠަނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުމަށް!"
"ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠޯނާގެ ކިބައިން ދުރުކުރެއްވުންއެދި، ﷲ ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!" (އައް ނަޙްލް: 98)
ސަބަބަކީ ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނީ ﷲގެ އަޅުތަކުން ﷲގެ ފޮތާއި ދުރަށްގެންދިއުމަށެވެ. "އެހެންވީމާ އެޝައިޠާނާގެ ވަސްވާސްތަކުން ތިޔަބައިމީހުންނަށް ސަލާމަތްކަން ދެއްވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާކުރާށޭ ޤުރުޢާން ކިޔަވަން ފެށުމުގެ ކުރިން."
(ބޮޑެތި ގިނަ ދީނީ ޢިލްމުވެރިން ދަރުސްތައް ދެއްވަވާއިއރުވެސް ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ އާޔަތަކުން ބައެއް ވިދާޅުވާ ނަމަވެސް އަޢޫޛް ވިދާޅުވާކަން ފާހަގަކުރެވެއެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން
ދަރުސްގެ ވީޑިއޯ: