ދުވާލު ރޯދަ ހިފުމަކުން އެކަނި ނުފުދޭނެ - ރަމަޟާން މަސް ޙާޞިލުކުރެވޭނީ އެންމެ ކުޑަމިނުން ތަރާވީޙް ނަމާދުކޮށްގެން!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ދުވާލު ރޯދަ ހިފުމަކުން އެކަނި ނުފުދޭނެ - ރަމަޟާން މަސް ޙާޞިލުކުރެވޭނީ އެންމެ ކުޑަމިނުން ތަރާވީޙް ނަމާދުކޮށްގެން!: ޢުމަރު ސުލައިމާން

"ރަމަޟާން މަސް ޙާޞިލުކުރެވޭނީ ރޭއަޅުކަންކޮށްގެންނެވެ. ނުވަތަ ރޭއަޅުކަން ކުރާ މީހަކަށެވެ! ވީމާ އެންމެ ކުޑަމިނުން ތަރާވީޙް ނަމާދު ނަމަވެސް ކުރަމުން ގެންދާށެވެ!" 

މިއީ އިމާމް ޢުމަރު ސުލައިމާން ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

މިބަސްފުޅަކީ ވަރަށް ރަނގަޅު ބަސްފުޅެކެވެ. ފުރަތަމަ ސަބަބަކީ ދުވަސްތަކުގް ތެރެއިން އެންމެ މާތްވެގެންވަނީ މުޙައްރަމްމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށްވެފައި ރޭތަކުގެ ތެރެއިން އެންމެ މާތްކަން ބޮޑުވެގެންވަނީ ރަމަޟާން މަހުގެ ރޭތައް ކަމުގައިވާތީއެވެ.

ދުވާލު ހިފުމަމާއިއެކު ރޭއަޅުކަން އެމީހަކަށް ކުރެވުނު ވަރަކަށް ކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. ރަމަޟާން މަހުގައި ދުވާލު ރޯދަހިފުމަކީ އުޒުރުވެރިން ފިޔަވައި އެހެން މީހުންގެ މައްޗަށް ވާޖިބުކަމެކެވެ. ރޭއަޅުކަންކުރުމަކީ މަތިވެރިވެގެންވާ ސުންނަތެކެވެ! 

ރޭއަޅުކަމާއި ނުލައިވެސް ފަރުޟު ރޯދަ ހިފިދާނެއެވެ. ނމަވެސް އެއިރުން އެއީ ރަމަޟާންމަހުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަތުމެއް ނޫނެވެ. ރަމަޟާން މަހުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަނމެވެން އޮތީ ރޭއަޅުކަންކުރުން ގިނަކުރި މިންވަރަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން