ވެމްކޯ ސައިޓުން ގަޑިބުރު ޒޯނަށް ރޯދަ މަހު ގަދައަވީގަ ޑަސްޓްބިންތައް ކޮށްޕަން ޖެހުމުން ވަރަށް ވަރުބަލިވޭ!: މުވައްޒިފުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ވެމްކޯ ސައިޓުން ގަޑިބުރު ޒޯނަށް ރޯދަ މަހު ގަދައަވީގަ ޑަސްޓްބިންތައް ކޮށްޕަން ޖެހުމުން ވަރަށް ވަރުބަލިވޭ!: މުވައްޒިފުން

ވެމްކޯގެ ކުނި އަޅާ ޑަސްޓްބިންތައް ކޮށްޕަމުން އަމީނީމަގުން ގަޑިބުރު ޒޯނަށް ދާ ވެމްކޯގެ މުވައްޒިފުންތަކަކާ ކޮންމެ ދުވާހަކު ބައްދަލުވާތީ  ސުވާލުކޮށްލުމުން ބުނީ އެމީހުން ޑަސްޓްބިންތައް ކޮއްޕަމުން އަންނަނީ އިންޑަސްޓްރިއަލް ވިލެޖުގައި އޮންނަ ވެމްކޯގެ ކުނިކޮށިން ފެށިގެން ކަމަށެވެ. އަދި ރޯދައަށް ތިބެ އެގޮތަށް އެކަންކުރަން ޖެހުމުންވަރަށް ބޮޑަށް ވަރުބަލިވާ ކަމަށެވެ. 

"އެކި ޒޯނުގަ އޮންނަނީ އެކި ގޮތަށް. މިޒޯނުގަ މަސައްކަތްކުރަންޖެހޭ ގޮތް މިއީ" 

ވެމްކޯގެ އިސް މުވައްޒިފަކު ވިދާޅުވީ މުވައްޒިފުން ލައްވައި މަސައްކަތްކުރުވަނީ އެ މަސައްކަތް އެމީހުންނަށް ކުރެވޭނެކަން އަމަލީގޮތުން ބަލައި ތަޖުރިބާކުރުމަށްފަހުގައި ކަމަށެވެ. އަދި ވެމްކޯއަކީ މުވައްޒިފުންގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ކުންފުންޏެއް ކަމަށާއި މަސައްކަތުގައި އުޅޭއިރުވެސް މަސައްކަތުން އެނބުރި އައުމުންވެސް މިވައްޒިފުންގެ ހާލަތު ވަރަށް ގާތުން ކުންފުނިން ބަލައި ޗެކްކުރަމުން ގެންދާ ކަމަށެވެ. 

ލޮކްޑައުންގެ މިޙާލަތުގައި ބިރުވެރިކަން އެންމެ ބޮޑު އެއް ބައަކީވެސް ވެމްކޯގެ މުވައްޒިފުންނެވެ. އެމީހުންއަންގި ލައްވައިގެން ނަމަވެސް އަތްލައި ހަދަމުން އެގެންދަނީ ހަމަ "ވައިރަސް ބޮން" ތަކެއްގައެވެ. ކޮތަޅު ބެހެއްޓީ ކޮން ޙާލެއްގައި ހުރި މީހަކުކަން ދެނެގަނެވޭނެ ގޮތެއްވެސް މިއަދަކު ނެތެވެ. 

މާލެ ކުނިނުވެ މިދަނީ ލޮކްޑައުންގެ ޙާލަތުގައި ހުރި ދަތިތަކާއިއެކުވެސް ވެމްކޯގެ މެނޭޖްމަންޓާއި މަސައްކަތު މުވައްޒިފުން އެކަމަށް ދޭ ސަމާލުކަން ބޮޑުކަމުންކަން ފާހަގަކުރެވެއެވެ. ވެމްކޯގެ ޚިދުމަތަށް ރައްޔިތުންތަޢްރީފްކުރެއެވެ.

މިއަދު އޮންލައިން