މީހަކު ނަމަވެސް ބައަކު ނަމަވެސް އަދި ދުނިޔެ އެކުގައި ނަމަވެސް ﷲ ތަޢާލާ އިންސާނުންނަށް ލެއްވެވި އިންތައް ފަހަނަޅައި މާމައްޗަށް އަރައިގެންދާން މަސައްކަތްކޮށްފި ނަމަ އެކަން އެހެން ނުކުރެވޭނެކަން ﷲ ތަޢާލާ އެބައަކަށް އަނގަވައި ދެއްވަވަތެވެ. އެއީ މީސްތްކުން ވިސްނައި ފިކުރުކުރުމަށެވެ!
ﷲ ތައާލާ ދެއްވެވި ޢިލްމުގެ ބޭނުން ހިފައި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ކުރިއަރައިދެވުން އެމީހުން، އެމީހުންގެ ނަފްސްތަކާއިމެދުވެސް ބޮޑާބެ ގަނެއެވެ. އަދި އެފަދަ ޤައުމުތަކަށް އެހެން ޤައުމުތަކުންވެސް ޘަނާ ކިޔައެވެ.، ތައްރީފް ކުރެއެވެ.
މިއަދު ކޮރޯނާ ވައިރަސް އައިސް މިބުނަނީ ކަލޭމެން އެއްވެސް ބައަކީ އެއްވެސް މަތިވެރިކަމެއް ލިބިގެންވާ ބައެއް ނޫނެވެ. މަތިވެރިވަންތަވެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އެކަމުގެ ހެއްކަކީ ކޮރޯނާއިން ސަލާމަތްވާން އަޅަންހުރި ފިޔަވަޅުތަކެވެ. ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަދި އެންމެ މޮޅު ސައިންސްވެރިންނަށްވެސް ކުރެވޭ ކަމަކީ އަތްދޮވުމެވެ. އެއްވެސް އެއްޗެއް ނުއެނގޭ މީހާއަށްވެސް އަތްދޮންނަން އެނގެއެވެ. ވީމާ ކޮރޯނާ ވައިރަސް އެބުނަނީ ކަލޭމެންނަށް މާގިނަ ކަންތައްތަކެއް އެނގޭކަމަށް ހެދިގެން އުޅުނު ނަމަވެސް ކަލޭމެންނަށް ހަމަ އެއްވެސް ކަމެއް ނުއެނގެއެވެ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.
މިފަދަ މޭރުމަކުން ޝައިޚް އަހްމަދު ސަމީރު ދެއްވާފައިވާ މިދަރުސް ރަނގަޅަށް އަޑުއައްސަވައިލައްވާށެވެ! އިންސާނާގެ ބަލިކަށިކަމާ މިއަދު ކުރިމަތިލާން ޖެހިފައި މިވާ ޙާލަތު ކުރިމަތިވި ސަބަބުތައް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ!
- ދަރުސްގެ ވީޑިއޯ: