ކަސްޓަމުން ނައްތާލަން ނެރުނު ތަކެތިން ބައިކިލޯ ޑްރަގް ފެނިއްޖެއެވެ.
މިކަމާގުޅިގެން ކަސްޓަމުން ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކޮށްފައިވާ މުދަލުގެ ތެރެއިން ވެރިފަރާތުން ހަވާލު ނުވެ ގިނަ ދުވަސްވުމުން ނައްތާލަން ނިންމި ޕެކޭޖަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މިތަކެތި ފެނިފައި މި މަހުގެ 3 ވަނަ ދުވަހު ކާގޯ ގުދަނުން މުދާތައް ނެރުމުން ކަމަށެވެ.
މިތަކެތި ތަހުލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިހަށް ޕޮޒިޓިވް ވެފައިވާއިރު މިތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު 542 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
މިތަކެތީގެ މަގުމަތީ އަގު 4 ލައްކަ އަށްވުރެ މަތިވާނެކަމަށް ވެއެވެ.