ޢާއިޝަތުގެފާނުގެ އަިއަހުން ރިވާވެގެންވެއެވެ.
"ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުގެ ކުރީގެ 4 ރަކްޢަތާއި ފަތިސް ނަމާދުގެ ކުރީގެ ކުރީގެ 2 ރަކްޢަތް ދޫނުކުރައްވަވަތެވެ!" (ޞަޙީޙް ބުޚާރީ: 1182)
ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ! ސުވަރުގެއިން ގަނޑުވަރަކަށް އުންމީދުކުރާށެވެ!
މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ރަވާތިބު ސުންނަތް ދޫނުކުރާށެވެ! އަވަދިނެތި އުޅެގެން ކިތަންމެ ބޮޑު، ކިތަންމެ ފުރިހަމަ ގެއެއް ދުނިޔޭގައި އެޅި ނަމަވެސް އެގެ އަޅައި ނިމޭތަނުންވެސް ނުކުމެ ކައްވަޅަށް ދާންޖެހިދާނެއެވެ. ސުވަރުގޭގައި އަޅާގެއިން ނުކުންނަން ދުވަހަކުވެސް ނުޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން