ދުނިޔެއަށް ފޮނުއްވެވުނުލެއް ލަސްވެގެން ކަންބޮޑުނުވާށެވެ! ޞަޙާބީންނަށްވުރެ މާމަތިން ދަރަޖަ ހޯދުމުގެ ފުރުޞަތު މިހާރުވެސް އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ދުނިޔެއަށް ފޮނުއްވެވުނުލެއް ލަސްވެގެން ކަންބޮޑުނުވާށެވެ! ޞަޙާބީންނަށްވުރެ މާމަތިން ދަރަޖަ ހޯދުމުގެ ފުރުޞަތު މިހާރުވެސް އެބައޮތެވެ!

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން ދުނިޔެއަށް ފޮނުއްވުވުނީ މާފަހުގެ ޒަމާނެއްގައި ކަމަށްވުމުން ރަސޫލް (ޞޢވ) އާއި އިތުރުއެކަލޭގެފާނުގެ ޞަޙާބީންނާއިއެކު އެއްދަރަޖައެއްގައި ސުވަރުގޭގައި ވުމުގެ ފުރުޞަތެއް ނެތެވެ. މިހެން ބުނެފައި ހުރިހާ ކަންކަން އަޅުވަނީ ދުނިޔެއަށް އުފަންވި ޒަމާނުގެ ކިބައިގައެވެ. 

ނަމަވެސް ޙަޤީޤަތަކީ އެއީ ނޫންކަން ބަޔާންކުރައްވައި އުސްތާޛް ވައްހާޖް ޠަރިން ދެއްވާފައިވާ މި ދަރުސް އާއިމެދު ފުންކޮށް ވިސްނަވައިލެއްވެވުން ކީއްތޯއެވެ؟ 

ބައެއް މީހުން ބުނެއެވެ. "އަހަރެމެންނަށް ދުނިޔެއަށް މިއާދެވުނީ މާފަހުންނެވެ. ހުރިހައި ފުރުޞަތުތަކެއް މިވަނީ ގެއްލިފައވެ. ރަސޫލް (ޞޢވ) ގެ ޒަމާނުގައި ދުނިޔެއަށް ފޮނުއްވުނު ނަމައެވެ. އަހަރެންވެސް ޞަޙާބީންގެ ތެރޭގައި ވީމުހެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު ފާއިތެއް ނުވެއެވެ. މިއަދު އޮތަ ފުރުޞަތު މާބޮޑެވެ. ތިބާގެ ގައިގައި ހިތްވަރު ހުރިނަމަ 50 ޞަހާބީންނަށް ވެވިދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. ކުރަންޖެހެނީ ހަމަ ޞަހާބީން ކުރެއްވެވި ކަންކަމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާންވީއެވެ. ޞަޙާބީން ކުރެއްވެވި ފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންވީއެވެ. ޙަރާމް ކަންކަމާއި ދުރުހެލިވާންވީއެވެ. 

އެފަދައިން ސާބިތުވުމުން 50 ޞަހާބީންނަށް ވެވޭނެ ކަމަށް ހަދީޘްފުޅު ކުރައްވާފައި އެވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ މިއަދު އަހަރެމެންގެ ވަށައިގެން އިބިލީސް އެލިފައިވާތީއެވެ. ލެޕްޓޮޕަކީ އިބިލީހެކެވެ. ގެންގުޅޭ ފޯނަކީ އިބިލީހެކެވެ. ލޯ ހުޅުވައިލުމުން ފެނަނަން ހުރީ އިބިލީހުގެ ދައުވަތުތަކެވެ. މިކަންކަން މިގޮތަށް ހުރުމުން ހަރާމް ކަންކަމަށް އަރައިގަތުމުގެ ފުރުޞަތު މިއޮތީ އެޒަމާނަށްވުރެ މާ ބޮޑަށް ފަހިކޮށެވެ. 

އެޒަމާނަކު އިބިލީހުގެ މަސައްކަތް މިހައި ޢާންމެއް ނޫނެވެ. އިބިލީހާއި ބައިވެރިވެގެން އިބިލީސް ބުނާހައި ކަންކަން ކޮށްދޭ އިންސާނުން މިހައި ގިނައެއް ނޫނެވެ. އަދި އުޅޭ މަދުމީހަކުވެސް ޙަރާމް ކަންކަން ކުރަނީ ސިއްރިޔާތުގައެވެ. އެކަމުގެ އެންމެ ބޮޑޫ އެއް ސަބަބަކީ އިސްލާމް ދީނުގައި ޙަރމްވެގެންވާ ކަންކަމަކީ ހަމަ ހުރިހާ ދީނެއްގައިވެސް މަނާކުރެވިފައިވާ ކަންކަން ކަމުގައިވުމެވެ. 

މިއަދި މިވަނީ އެކަންކަން މުޅިން ބަދަލުވެފައެވެ. އިބިލީހަށް އެޖެންޓުކޮށްދޭ މީހުންގެ ކިބައި ހުރިހާ ބިރުވެރިކަމެއް ވަނީ ފިލައިފައެވެ. ޤިޔާމަތް ދުވަހާއި ނަރައަކީ އެމީހުން ބިރުވެތިވާ ކަންކަމަކަމަށް ނުވެއެވެ.

ވީމާ މިހައި ޢާންމު ގޮތެއްގައި ޙަރާމް ކަންކަން މިހައި މިންވަރަށް މަގުފަހިވެފައިވާ ޒަމާނެއްގައި ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އެމީހާގެ ދަރަޖަ އުފުލިގެންދާ މިންވަރަށް ވިސްނައިލާށެވެ! 50 ޞަޙާބީންގެ ދަރަޖައަށެވެ! އެފަދަ މީހަކަށް ވެވިއްޖެ ނަމަ ސުވަރުގެއިން ލިބޭނެ މަތިވެރި ދަރަޖައާއިމެދު ވިސްނައިލާށެވެ! 

ވީމާ ދުނިޔެއަށް ފޮނުއްވެވުނު ޒަމާން ކުށްވެރިނުކުރާށެވެ! ހޯދެން އޮތް މަތިވެރި ދަރަޖަ ޙާޞިލުކުރަން މަސައްކަތްކުރާށެވެ!

މިއަދު އޮންލައިން