ޤުރްއާން ކިޔެވުމާ ނަމާދުކުރަން ކުޑަކުދިން ޝައުޤުވެރިކުރުވަން ކުރެވިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޤުރްއާން ކިޔެވުމާ ނަމާދުކުރަން ކުޑަކުދިން ޝައުޤުވެރިކުރުވަން ކުރެވިދާނެ ކަމެއް!

ކުޑަކުދިން ލައްވައި ކީރިތި ޤުރްއާން ކިޔެވުމާއި ނަމާދުކުރުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވާއިރު ފުރަތަމަވެސް ސަމާލުކަން ދޭންޖެހޭނީ އެކުދިންގެ ސަމާލުކަމާއި ޝައުޤުވެރިކަން އެކަމަށް ހޯދުމެވެ. ޚާއްޞަކޮށް މިފަދަ ދުވަސްވަރެއްގައި ކުދިން ލައްވައި ގަދަކަމުން ކަންކަން ކުރުވުމަކީ އެކަމުން ލިބިދާނެ ފައިދާނެއަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވާނެ ކަމެކެވެ. 

އެހެންކަމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ކުދިން އެކަންކަމަށް ޝައުޤުވެރި ކުރުވުމަށެވެ. ކީރިތި ޤުރްއާން ކިޔެވުމަށާއި ނަމާދުކުރަން ކުޑަކުދިންގެ ޝައުޤުވެރިކަން ހޯދަން ކުރެވިދާނެ އެއްކަމަކީ އެއީ މަތިވެރި، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން ދަރިންނަށް ވިސްނައިދިނުމެވެ.

އެގޮތުން ކުރެވިދާނެ އެއް ކަމަކީ ނަމާދު ވަގުތުތަކަށް ކުދިން ފެންވަރުވައި ޒީނަތްތެރިކުރުވުމެވެ! މިސްކިތަށް ފޮނުވަން ޒީނަތްތެރިކުރުވާ ފަދައިން ގޭގައި ނަމާދުކުރާއިއރުވެސް އެކަމަސް ސަމާލުކަން ދޭށެވެ! އަދި ކީރިތި ޤުރްއާން ކިޔަވަން ވެސް ޒީނަތްތެރިކޮސްފައި ބައިންދުވާށެވެ! އެކަންކަމުގެ ސަބަބުން ދަރިފުޅުގެ ހިތުގައި އެކަންކަމުގެ ދަރަޖަ އުފުލިގެންދާނެއެވެ! ކުރާ ހިތްޖެހި ޝައުޤުވެރިކަން އިތުރުވާނެއެވެ. 

މީގެ އިތުރުން ކުރީ ދަރުސެއްގައިވެސް ބުނިފަދައިން ގޭގައި ނަމާދުކުރާ ޢުމުރުގެ ކުދިން ތިބިނަމަ އެކުދިންނަކީ އެއް ޢުމުރުގެ ކުދިންނަމަ އިމާމްކަން ފަހަރަކު ކުއްޖަކާ ޙަވާލުކޮށް ދައުރުކުރުވަމުން ގެންދާށެވެ! ޖާގަ އޮތް ނަމަ ފަހަތުގައި އަންހެން ކުދިންވެސް ބައިތިއްބައިގެން ޖަމާޢަތް ކުރިއަށް ގެންދާށެވެ! ނަމާދު ވަގުތު ގާތްވުމުން އެހެންކުދިންނަށް ހަނދާންކޮށްދިނުމަކީ އެވަގުތުގެ އިމާމުގެ މަސްއޫލިއްޔަތަކަށް ހަދާށެވެ!   

މިފަދަ ކަންކަމުގެ ސަބަބުން ކުދިންފެ ހިތްތަކުގައި ނަމާދުކުރަން ލޯބި އިތުރުވެ އެކަމުގެ ޒިންމާ އަމިއްލައަށް ނަގަންދަސްވާނެއެވެ! އެކަމުގެ ފައިދާ ހުރިހާ ކުދިންނަށްވެސް ކުރާނެއެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން