ރޯދަ ހިފުމުން ސިކުނޑި "ސަރވިސްކުރެވި" ތާޒާވާކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރޯދަ ހިފުމުން ސިކުނޑި "ސަރވިސްކުރެވި" ތާޒާވާކަން ހާމަވެއްޖެ!

"ރޯދައިގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ލުއިކަމެއް ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑި، އެއިގެ އަމިއްލަ ޒާތުގައި ސަރވިސް ކުރެވި ތާޒާވެގެންދިއުމަށް ފުރުޞަތު ލިބިގެންދެއެވެ. ސިކުނޑިން ފޮނުވައިދޭން ޖެހޭ ބާރުގަދަ ސިގްނަލްތައް ރޯދައިގެ ސަބަބުން ފޮނުވުން ލަސްވެގެންދެއެވެ. އެކަމުގެ ސަބަބުން ސިކުނޑީގެ ސެލްތަކުގެ މަސައްކަތްތަކަށް ލުއިކަން ލިބި ތާޒާކަމާއިއެކު ހެދިގަތުމުގެ ފުރުޞަތު ލިބިގެންދެއެވެ." 

"ނުކައި ނުބޮއި ގިނަ ވަގުތުތަކެއްގައި ހުރުމުން ގޮހޮރަށް ލުއިތަކެއް ލިބިގެންދޭ. އެކަމުގެ ފައިދާ ކުރަނީ ހަމައެކަނި ގޮހޮރަކަށް ނޫން. ހިތާއި ސިކުނޑިއަށް ވެސް އެކަމުގެ ފައިދާތައް ކުރޭ!"

މިއީ ސައިންސްވެރިން ހަމަ މިރޯދަމަހު ބަޔާންކޮށްފައިވާ ރިޕޯޓެއްގައި ހިމެނޭ ތަންކޮޅެކެވެ. 

ﷲ ތައާލާ މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ފަރުޟުކުރައްވަވާފައި ވަނީ އެކަމެއް ކުރުމުން އެމީހަކަށް ލިބޭނެ އެތައް ބައިވަރު ފައިދާތަކާއިއެކުގައެވެ. ފަރުޟްތަކާއި ސުންނަތް އަދާކުރުމުން ލިބެނީ ހަމައެކަނި ރޫޙާނީ ފައިދާތަކެއް ނޫނެވެ. ހަށިގަނޑަށްވެސް އެކަމުގެ ފައިދާތައް ލިބިގެންދެއެވެ. 

ނަމާދުގައި ޙަރަކާތްތައް ކުރަންޖެހޭ ގޮތަށް ޙަރަކާތްތައް ކޮށްގެން ނަމާދުކުރާ މީހާގެ ހަށިގަނޑަށް ލިބޭ ފަދަ މުޅި ހަށިގަނޑަށް ފައިދާހުރި ކަސްރަތެއް އެހެން އެއްވެސް ކަމަކުން ނުލިބޭކަން އެއީ މިބަހުގެ ދަލީލެވެ! 

ރޯދައަށް ހުންނަ މީހާ ވިސްނަންވީ ހަށިގަނޑަށް އެކަމުން ލިބޭނެ ފައިދާއަކަށް ނޫނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ރޯދަހިފުމަށެވެ. ޤަބޫލުފުޅު ކުރައްވަވާނެ ފަދައިން ރޯދަ ހިފުމަށެވެ. ހަށިގަނޑަށާއި އެހެން ގޮތްގޮތުން ލިބޭ ފައިދާ ލިބެމުން ދާނީ ﷲ ތަޢާލާ ދެއްވެވި ވަރަކުންނެވެ! 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން