ޑރ. އިޔާޟްގެ އާދޭސް!: މިފަދަ ދަނޑިވަޅަކު ރިބާ ނުނަންގަވާށޭ! ލިބުނު ފުރުޞަތުގަ ބަނގުރަލާ އޫރުމަހުން ރާއްޖެ ސަލާމަތްކޮށްދެއްވާށޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޑރ. އިޔާޟްގެ އާދޭސް!: މިފަދަ ދަނޑިވަޅަކު ރިބާ ނުނަންގަވާށޭ! ލިބުނު ފުރުޞަތުގަ ބަނގުރަލާ އޫރުމަހުން ރާއްޖެ ސަލާމަތްކޮށްދެއްވާށޭ!

އެއްވެސް އިރެއްގައި ރިބާ ނެގުމާއި ރިބާ ކެއުން ހުއްދަވެގެން ނުވާ ކަމަށާއި ޚާއްޞަކޮށް ރައްޔިތުން މިފަދަ ބޮޑު ނިކަމެތިކަމެއްގައި ތިބިއިރު ރިބާ ހިމެނޭ މުޢާމަލާތު ނުކުރުމަށާއި ލިބުނު ފުރުޞަތުގައި ބަނގުރަލާއި އޫރުމަހުން ރާއްޖެ ސަލާމަތްކޮށްދިނުން އަދި ދިވެހި ޖުމްހޫރިއްޔާގެ ސަރުކާރަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާދޭސް ދަންނަވައިފިއެވެ. 

ޑރ. އިޔާޟް މިކަމަށް އާދޭސް ދަންނަވާފައިވަނީ މިއަދުނޫސް މެދުވެރިކުރައްވައި ދެއްވަމުން ގެންދަވާ ސިލްސިލާ ދަރުސް ޕްރޮގްރާމްގެ މިއަދުގެ ދަރުސްގައެވެ. 

ޑރ. އިޔާޟް ވިދާޅުވީ ރިބާ އާއި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ނުކުރުމުން އެކަމުގެ ބަދަލު ﷲ ތަޢާލާ ދެދުނިޔޭގައިވެސް ދެއްވަވާނެ ކަމަށެވެ. "ޔަޤީންކުރައްވާށެވެ! ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ ﷲ އަށް ތަޤްވާވެރިވެއްޖެ މީހާއަށް (ކުރިމަތިވެފައިވާ ކަންކަމުން ސަލާމަތްވުމަށް) ކޮންމެވެސް މަގެއް ދައްކަވާނެ ކަމަށެވެ. އެމީހުން ހީވެސް ނުކުރާ ފަދަ ގޮތަކުން އެމީހުންނަށް ރިޒްޤް ތަނަވަސްކޮށްދެއްވަވާނެ ކަމަށެވެ! 

"ﷲ ޙަރަކާމްކުރެއްވެވި ކަންކަންކޮށް، ޙަރާމްކުރެއްވެވި ތަކެތީގެ ވިޔަފާރިކޮށްގެން މަންފާއިތުރުކުރަން އުޅުމުން އިތުރުވާތަން ލޯތަކަށް ފެނުނު ނަމަވެސް އެކަމުން އެއްވެސް ވަރަކަށް ޙަޤީޤީ މަންފާއެއް ނުކުރާނެ. ޙަޤީޤީ އެއްޗަކަށް ލިބޭނީ ކެހި! ގެއްލުން! އެހެންވެ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން ކަމަށެވެ. މުއްސަނދިކަމަކީ، ތަނަވަސްކަމަކީ މުދައު ގިނަވެގެން ވާ ކަމެއް ނޫނެވެ!"

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން