ހާލުގަ ޖެހިފައިވާ މީހުންނަށް ރިބާ ނާރާގޮތަށް އެހީތެރިވެދެއްވާ! ﷲ އެހީތެރިވެވޮޑިގެން ދެއްވާނެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހާލުގަ ޖެހިފައިވާ މީހުންނަށް ރިބާ ނާރާގޮތަށް އެހީތެރިވެދެއްވާ! ﷲ އެހީތެރިވެވޮޑިގެން ދެއްވާނެ!: ޑރ. އިޔާޟް

ﷲ ތަޢާލާއަށްޓަކައި، ރިބާ ނާރާ ގޮތަށް މީހަކަށް ދަރަންޏަށް ފައިސާދީ، އެހީތެރިކަން ފޯރުކޮށްދީފިނަމަ ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ! އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިންޓަރެސްޓް ނާރާގޮތަށް ފައިސާދިނުމަށެވެ. ދަތިޙާލުގައި ހުރި މީހަކަށް އެހީތެރިވުމަކީ އެއީއެވެ. 

މީހަކަށް އެހީތެރިވުމުގެ ގޮތުން އިންޓަރެސްޓް ނާރާގޮތަށް، ތިމާ ދިން އެއްޗެއް އެކަނި އަނބުރައި ދައްކާގޮތަށް މީހަކަށް އެއްވެސް އެއްޗެއް ދީފިނަމަ އެ ދިން އެއްޗެއް އެތައް ގުނައަކަށް ﷲ ތަޢާލާ އިތުރުކޮށްދެއްވަވާނެ ކަމަށްވެސް ވަނީ ވަހީ ކުރައްވަވައިފައެވެ. 

މީސްތަކުން ރިބާ އަރާގޮތަށް ދެނީ މުދައު ނުވަތަ ފައިސާ އިތުރުކުރުމުގެ ބޭނުމުގައެވެ. ނަަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ރިބާގެ ގޮތުގައި ކިތަންމެ ގިނަ ތަކެތި (ދިންވަރަށްވުރެ އިތުރަށް) ހޯދި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެތަކެތި އިތުރުވެގެން ނުދާނެ ކަމަށެވެ. 

ހަމައެއާއި އެކު ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިތުރުވެގެންދާނީ ޒަކާތާއި ﷲ ތަޢާލާގެ މަގުގައި ހޭދަކުރާތަކެތީގެ ސަބަބުން ކަމަށެވެ! ވީމާ ރިބާ ހިމެނޭ އެންމެހައި ކަންކަމުން އަޅުގަނޑުމެން އެންމެން ދުރުހެލިވާން އެބަޖެހެއެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް މިފަދަ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ވަގުތު ތިއަބޭފުޅުންގެ ކިބައިގައި ތަނަވަސްކަން ހުރިނަމ ކުރިއަށް އޮތް އަަހރުތަކުގެ ޒަކާތްވެސް ނެރުއްވާށެވެ! ޢިލްމުވެރިން ވަނީ އެކަން ހުއްދަ ކުރައްވައިފައެވެ! 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން