ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަން ފެށުން އަވަސްކުރާށެވެ! ކޮރޯނާވެސް ފިލާނެއެވެ! ތިޔާގިކަން ވެސް ލިބޭނެއެވެ!: އިންޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރަން ފެށުން އަވަސްކުރާށެވެ! ކޮރޯނާވެސް ފިލާނެއެވެ! ތިޔާގިކަން ވެސް ލިބޭނެއެވެ!: އިންޝާ ﷲ

އަހަރެމެންނަށް އުޅެން ދެއްވަވާފައިވާ ދުނިޔޭގައިވެސް އެމީހަކު ހަމަ ބޭނުންވާހައި ގޮތަކަށް ނުއުޅެވެއެވެ! ކޮންމެ ޤައުމެއްގައި ވެސް އުޅެވޭނީ އެ ޤައުއްގެ ޤާނޫނުތަކާއި އެއްގޮތަށެވެ. އެގޮތަށް ނުއުޅޭނަމަ ހައްޔަރުކޮށް އަދަބުވެސް ދޭނެއެވެ! ޖަލުގައިވެސް ބަންދުކުރާނެއެވެ! އަދި ޖުރުމަނާވެސް ކުރާނެއެވެ! 

ދެން ބަލައިލަންވީ ރައްބުލްކާއިނާތަށެވެ! މި ކާއިނާތު އުފައްދަވައި މީސްތަކުން ދުނިޔޭގައި ލެއްވެވި ﷲ ތަޢާލާއަށެވެ! އަދި ދުނިޔޭގައި ލެއްވެވުމަށްފަހު ރިޒުޤާއި އަދި އެނޫންވެސް އިންސާނުންނަށް ބޭނުންވާނެހައި ކަންކަން ﷲ ތަޢާލާ ގެންދަވަނީ މިންވަރުކޮށްދެއްވެވަވަމުންނެވެ. 

އިންސާނުންނަށް ބޭނުންވާނެ މިފަދަ ހުރިހާ ވަސީލަތްތަކާއިއެކު ﷲ ތަޢާލާ މިބިމުގައި އިންސާނުން މީސްތަކުން ލައްވަވާފައިވަނީ ވަރަށް ފުރިހަމަ ޤާނޫނުތަކަކަށް ޢަމަލުކުރަން ޖެހޭ ގޮތަށެވެ! މިބުނަނީ ﷲ ތަޢާލާ ބާވައިލެއްވެވި ކީރިތި ޤުރްއާނުގެ ވާހަކައެވެ. އެފޮތުގައި ބަޔާންކުރައްވަވާފައިވާ ހުރިހާ ކަންކަމަށް ޢަމަލުކުރަން ޖެހޭނެ ވާހަކައެވެ. އެއްވެސް ކަމަށް ފަރުވާކުޑަކޮށްގެން ނުވާނެ ވާހަކައެވެ. އެކަމުގައި އިހުމާލުވެއްޖެ ނަމަ އެމީހަކަށް ބޭރު އެވެވެނީ ﷲ އެންމެ ބޮޑު ޤާނޫނުންނެވެ! 

މީސްތަކުންނޭވެ! މުޅި ދުނިޔެ ވެސް ހާލުކުގެ ތެރެއަށް ވެއްޓިގެން މިދަނީ ހަމަ މި ނަބަވީ އިރުޝާދުގައި ނުހިފަހައްޓާތީއެވެ! 

"އަދި އެބައިމީހުންގެ މައްޗަށް އިސްވެ ތިބި މީހުން ﷲ ގެ ފޮތާއި، އެ އިލާހް ބާވައިލެއްވެވި ޙުކުމްތަކާއި އެއްގޮތަށް ޙުކުމް ނުކޮށް ހިތުހުރިހައި ގޮތަކަށް ޙުކުމްކުރަން ފަށައިފިނަމަ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އެބައިމީހުންގެ މެދަށް ވެރިކުރައްވަވައި، އެބައިމީހުންގެ ތެރޭގައި ތަޅާފޮޅުމާއި ނާމާންކަން ޢާންމުކުރައްވަވައިފާނެއެވެ."

މިކަންކަން ވަނީ ދުނިޔޭގައި ޢާންމުވެގެންގޮސްފައެވެ! އެވަރުންވެސް ކަންކަން މިހިނގާ ގޮތް އެނގުނު ކަމަކަށް ނުވިއެވެ! އިންސާނުންގެ ޖާހިލުކަން އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. އެންމެފަހުން ނަތީޖާއަކަށް ވެގެން މިދިއައީ ހަމަ ވަރަށް ކުޑަކުޑަ ވައިރަސްއެއް ފޮނުއްވެވުމެވެ! އެބަލިކަށި ވައިރަސްގެ ސަބަބުން މި ގަދަފަދަކަން ދައްކަމުން އައި ދުނިޔެ މިއަދު މިވަނީ ވަރަށް ރަނގަޅަށް ސައިޒުވެފައެވެ. ހިމްވެ ކުޑަކަކޫ ޖެހިފައެވެ. ނުވިތަނަކަށް ކާނެ ބޯނެ ތަކެތި ތަކެތި އަތްފޯރާފަށުގައި ހުރެމެ އަތުނުޖެހިގެން މިވަނީ ބަނޑަށް ވެސް ޖެހިފައެވެ. ޢިބްރަތަކަށް ނުވަނީހެއްޔެވެ؟ 

ޙައްލު އޮތީ ހަމަ ޤުރްޢާނުގައެވެ. ޤުރްއާނަށް އަމަލުކުރި މިނެއްގައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއީ ރާއްޖެއިން ވެސް ވިސްނަން ޖެހޭ ކަމެކެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުތަކަށް ބަލައިފިނަމަ މީގެ 12 ވަރަކަށް އަހަރު ކުރިއާއި ހަމައަށް ޢަމަލުކުރަމުން އައި އިސްލާމް ދީނުގެ ޙުކުމްތަކަށް ޢަމަލުކުރުންވެސް މިހާރު ވަނީ ހުއްޓާލައިފައެވެ. މާތް ﷲ ގެ އެންގެވުންތައް ބޮލާލައި ޖަހައި އަމިއްލަ ޙުކުމްތައް ކުރިއަށް ނެރެފައެވެ. ﷲ ބާލައިލެއްވެވި ކީރިތި ޤުރްޢާން ދުރުގައި ބާއްވާފައި ޢަމަލުކުރަނީ ﷲ ގެ އަޅުން ބުނާ ގޮތަށެވެ! 

އެކަންކަމުގެ ހިތި ނަތީޖާ ދަނީ މުޖުތަމައުން ފެންނަމުންނެވެ. ހިތާމަކުރަން މިވަނީ ޖެހިފައެވެ!

މިއަދު އޮންލައިން