ރަސޫލާ ޞޢޥ, ގެ ރިވެތި އާދަފުޅުތަކަށް ސައިންސްވެރިންވެސް އެއްބަސްވޭ!

ކިޔުމަށް ހޭދަވާނީ 2މ 11ސ
ރަސޫލާ ޞޢޥ, ގެ ރިވެތި އާދަފުޅުތަކަށް ސައިންސްވެރިންވެސް އެއްބަސްވޭ!

އަހަރެމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) ގެ ރިވެތި އާދަފުޅުތައް ގިނަގުނައެވެ. އެއާދަފުޅުތަކުން ފައިދާ ލިބިވަޑައި ގަންނަވާ ކަމަށް ފަހުން ސައިންސްވެރިން ވެސް ވަނީ އެއްބަސްވެފައެވެ. 

އެފަދަ 8 އާދަފުޅެއް ލިޔެލާނަމެވެ. 

1. ނަބިއްޔާ (ޞޢޥ) ނިދިން އަވަހަށް ހޭފުޅުލެއްވިއެވެ.

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ކޮންމެ ދުވަހެެއް ވެސް ފަށްޓަވަނީ ފަތިސް ނަމާދަށް ހޭފުޅުލެއްވައި ގެންނެވެ. 

ސައިންސްވެރިން ފަހުން ހާމަކޮށްފައިވާ ގޮތުގައި ނިދިން އަވަހަށް ހޭލާމީހުންގެ ޙިޔާލު ތަނަވަސްވެފައި ނަފްސާނީ ބަލިތަކުން ވެސް ދުރުކޮށްދެއެވެ.

2. ރަސޫލާ (ޞޢޥ) ފަރިއްކުޅުވީ މަދު އެތިކޮޅުންނެވެ.

އެކިއެކި ބަލިތަކުން ސަލާމަތްވުމުގެ ގޮތުން މާތް ނަބިއްޔާ (ޞޢޥ) ފަރިއްކުޅުވާ އުޅުއްވީ މަދު އެތިކޮޅުކޮޅުންނެވެ. 

ސައިންވެރިން ފަހުން ހާމަ ކުރި ގޮތުގައި މަދުން ކެއުމަކީ އެކި ބަލިތައް ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.

3. ރަސޫލާ (ޞޢޥ) ފަރިއްކުޅުވީ ލަސްލަހުންނެވެ.

މާތް ނަބިއްޔާ (ޞޢޥ) ފަރިއްކުޅުވާ އުޅުއްވީ ލަސްލަހުންނެވެ. މިއީ ކާއެއްޗެހި ރަނގަޅަށް ހަޖަމްވުމަށް އެހީވެދޭ ކަމެއް ކަމަށް ސައިންސްވެރިން ވެސް ފަހުން ވަނީ ބުނެފައެވެ.

4. އާއިލާއާއެކު (އެންމެން އެއްކޮށް) ފަރިއްކުޅުވުން

ނަބިއްޔާ (ޞޢޥ) އަހަރެންމެންނަށް އިރުޝާދު ދެއްވާފައިވަނީ އާއިލާގެ އެންމެން އެކު އެކީގައި ފަރިއްކުޅުވުމަށެވެ. މިއަދުގެ ސައިންސްވެރިން ބުނަނީ އެންމެން އެކުއެކީގައި ކެއުމަކީ ފިކުރުތަކުން ދުރުކޮށްދޭ ކަމެއް ކަމަށެވެ. 

5. ނަބިއްޔާ (ޞޢޥ) ފެންފޮދު ހިއްޕެވީ ތިން ނޭވައިން/ތިން ކޯވަރުން

އަދުގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެއް ނޭވާއިން ފެންފޮދު ބޮއުމުން ބޮލުގައި ރިއްސުމާއި ބޮލަށް އެނބުރުން އެރުން ފަދަ ކަންތައްތަކާއި ކުރިމަތިވާނެއެވެ.

6. އެކަލޭގެފާނަށް އަންނާރު ވަރަށް ކަމުދިޔަ

ނަބިއްޔާ (ޞޢޥ) އަށް އަންނާރު ވަރަށް ކަމުދިޔަ ކަމަށް ތާރީޚުން ވިދާޅުވެފައިވެއެވެ. ސައިންސްވެރިން ބުނަމުން އަންނަނީ އަންނާރަކީ ދުނިޔޭގައި ހުރި އެންމެ ސިއްޙަތައް ފައިދާހުރި މޭވާ ކަމަށެވެ.

7. ރޯދަ ހިފުން

ނަބިއްޔާ (ޞޢޥ) ރަމަޟާންމަހު ރޯދަ ހިއްޕެވިއެވެ. އަދި އެހެން ބައެއް ދުވަސްތަކުގައި ވެސް ރޯދަ ހިއްޕެވިއެވެ. 

ޖަޕާނުގެ ސައިންވެރިންތަކެއް ފަހުން ބުނެފައިވަނީ ރޯދަ ހިފުމަކީ ސިއްޙަތައް ނުހަނު ފައިދާހުރި ކަމެއް ކަމަށާއި ރޯދަ ހިފުމުން ކެންސަރު ޖެހުމުން ރައްކާތެރިވެދޭ ކަމަށެވެ.

8. ރޯދަ ވީއްލުމަށް ކަދުރު ފަރިއްކޮޅުވުން

އެކަލޭގެފާނު ރޯދަ ވީއްލުމަށް ފަރިއްކުޅުވީ ކަދުރެވެ. އަދުގެ ސައިންސްވެރިން ބުނަނީ ކަދުރު ކެއުމުން ލޭގައި ހަކުރު ހުންނަވަރު ރަނގަޅުކޮށްދޭ ކަމަށާއި އިލެކްޓްރޮލައިޓް ލެވެލް ވެސް ރަނގަޅު ކޮށްދޭ ކަމަށެވެ.

މަސްދަރު: އިސްލާމިކް އިންފޯ ޕޭޖް

މިއަދު އޮންލައިން