ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި ނަމަވެސް އެމީހާގެ ފަރާތުން އިންސާނިއްޔަތަށް ގެއްލުން ލިބޭނަމަ އެއީ ބޭނުން ހިފޭ މީހެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކިތަންމެ މޮޅަށް ކިޔަވައިގެން ހުރި ނަމަވެސް އެމީހާގެ ފަރާތުން އިންސާނިއްޔަތަށް ގެއްލުން ލިބޭނަމަ އެއީ ބޭނުން ހިފޭ މީހެއް ނޫނެވެ!

ކިތަންމެ މޮޅަށް ކިޔަވައި ކިތަންމެ މަތީ ފާހެއް ނަގައިގެްނ ހުރި ނަމަވެސް އޭނާއަކީ އިންސާނިއްޔަތަށް ފައިދާ ކުރާނެ މީހަކަށްވެގެން ނޫނީ އެމީހެއްގެ ކިބައިން ކުރާނެ ފައިދާއެއް ނެތެވެ. އަދި ލިބެމުންދާނީ ވެސް ގެއްލުމެވެ! 

މިޙާލަތު މެދުވެރިވާ ސަބަބުތަކަށް ބަލާއިއރު ފުރަތަމަ ސަބަބަކީ ޢިލްމު ލިބިފައިވާ މިންވަރު ހަމަ މަދުވުމެވެ. މިހެން ބުނުމުން ޢިލްމުވެރިންވެސް ފާފަކުރާ ކަމަށް ބުނެފާނެއެވެ. އެއިގެ ޖަވާބަކީ އޭނާގެ ކިބައިގައިވާ ޖާހިލުކަމާއި އަޅައިބަލާއިރު ހަމަ އޭނާއަށް ލިބިފައިވާ ޢިލްމު މަދީއެވެ. އެހެންކަމުން ކޮންމެ އިލްމުވެރިއަކީ ހެޔޮލަފާ މީހަކު ކަމަށް ބަލައިގެން ނުވާނެއެވެ. ޢިލްމުވެރިންގެ ތެރޭގައި ޖާހިލުންވެސް ތިބޭނެއެވެ. އެއީ ފެނި ސާބިތުވަމުން ވެސް އަންނަ ކަމެކެވެ. 

އަދި ކޮންމެ ޢިލްމަކީ މީހާ ހެޔޮލަފާ ކުރުވާ ޢިލްމެއް ވެސް ނޫނެވެ. އިންސާނިއްޔަތު ފަނާކުރުވާ ޢިލްމުވެސް މަދެއް ނޫނެވެ. ބުނަން ޖެހޭނީ އެފަދަ ޢިލްމުވެރިން މިހާރު ަވަރަށް ގިނަ ކަމަށެވެ! 

އެކަމުގެ އެއް ހެއްކަކީ ނިޔުކްލިއަރ ބޮމާއި ހަތިޔާރު އުފައްދާ މީހުންނެވެ. އެތަކެތި އެމީހުން އުފައްދަނީ އެމީހުންނަކީ ޢިލްމް ލިބިފައިވާ ބައަކަށްވާތީއެވެ. އެތަކެތި އީޖާދުކުރެވެނީވެސް ޢިލްމު ލިބިގެންނެވެ. ތިމާ މިކުރާ ކަމުގެ ސަބަބުން އެތައް ހާސް ބައަކު މަރުވެދާނެކަމާއިމެދު އޭނާ ބިރު ނުގަންނަނަމަ އޭނާއަށް ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

އިސްލާމް ދީން އަދި އެހެން ދީންތައް ވެސް ކިޔަވައިގެން ތިބޭ މީހުން ފާފަކުރާ ވާހަކަ ވެސް ދައްކައިފާނެއެވެ. އެމީހުންނަކީ މަރުވާނެ ބައެއް ކަމާއި ހިސާބު ބެއްލެވޭނެކަމާއި ނަރަކައަށް ދާނަ ޖެހިދާނެކަން ޤަބޫލުކޮށް ބިރުވެތިވާ މީހަކު ފާފައެއް ނުކުރާނެއެވެ. އަދި ނަފުސުގެ ބަލިކަށިކަމުން ފާފައެއް ކުރެވުނު ނަމަވެސް އަވަހަށް ތައުބާވާނެއެވެ. އެހެން ނޫން ނަމަ އެމީހަކަށް ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން