ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތަށް އެދިވަޑައިގެން ކުރައްވަން ރަސޫލް (ޞޢވ) ޢާއިޝަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ދުޢާގެ ނިންމާ އަކުރު "ޢައްނާ" އަދި "ޢައްނީ" އަށް ކިޔާތީ އެހެން އެވާ ސަބަބާއިމެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވައެވެ.
"ޖަމާޢަތުގަ ނަމާދުކުރާނަމަ އިމާމާ ކިޔަންވާނީ "ޢައްނާ"! އެއީ އަޅަމެންނަށް ޢަފޫކޮށްދެއްވެވުން އެދޭ ވާހަކަ. މީހަކު އެކަނި އިނދެގެންވެސް ގިނަ ބައެއްގެ މަތިން، މިސާލަކަށް، އަނބިދަރިން، ފިރިން މައިންބަފައިން ނުވަތަ އެނޫންވެސް ބައަކު ހިމަނައިގެން ދުޢާކުރާ ނަމަ ކިޔަންވާނީ "ޢަންނާ". ނަމަވެސް ހަމަ އެކަނި ތިމާގެ މަތިން ދުޢާ ކުރާނަމަ ކިޔަންވީ "ޢައްނީ". އެއިރުން އެދެންނެވެނީ "މިއަޅާޢަށް."
اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا
(ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ޢަފޫ ކުރައްވާ އިލާހެވެ. ޢަފޫ ކުރެއްވުމަށް ލޯބި ކުރައްވާ އިލަހެވެ. އަޅަމެންނަށް ޢަފޫކޮށްދެއްވާފާންދޭވެ.)