މި ޚަބަރުގައިވާ ވީޑިއޯގައި ޝައިޚް އަނީލް ބަޔާންކުރައްވަވާފައި އެވަނީ އަޅުކަމުގައި ކުރިއަރައި އަދި ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގެންނެވި ޞަޙާބީއަކަށްވުރެ ކުރިން އެއަށްވުރެ މަދުން އަޅުކަން ކުރެއްވެވި، އެހެން ނަމަވެސް ރަމަޟާން މަހެއްގެ ރޯދަ ފުރިހަމަ ގޮތުގައި އިތުރު އެއް އަހަރު ހިއްޕެވި ޞަޙާބީއަކު ސުވަރުގެ ވެއްދެވި ކަމުގެ ވާހަކައެވެ.
ޝައިޚް އަނީލް އެކަން ބަޔާން ކުރައްވަވާފައި އެވަނީ ތަލްޙާ (ރޢ) ރިވާ ކުރެއްވެވި ޙަދީޘްފުޅެއް ދަލީލަކަށް ދައްކަވައިގެންނެވެ.
އެދެ ޞަޙާބީންނަކީ އެކުގައި އިސްލާމްވެވަޑައިގެންނެވި 2 ޞަޙާބީންނެވެ. އަޅުކަމުގައި އިސްކޮށް އުޅުއްވެވި، ހީވާގިވެވަޑައިގެންނެވި، ގިނައިން ސުންނަތް އަޅުކަން އަދާކުރެއްވެވި ޞަހާބީ ޝަހީދުވެވަޑައިގަތީ އަނެއް ޞަހާބީއަށްވުރެ އެއް އަހަރުކުރިންނެވެ. ނަމަވެސް ސުވަރުގެއަށް ކުރިން ވެއްދެވީ އިތުރު އެއް އަހަރު ދުނިޔޭގައި ހުންނެވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ފުރިހަމަ ގޮތުގައި އިތުރު ރަމަޟާން މަހެއްގެ ރޯދަ ހިއްޕެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ޞަޙާބީއަށެވެ.
ވީމާ ފުރިހަމަ ގޮތުގައި ރޯދަ ހިއްޕަވަން މަސައްކަތްކުރައްވާށެވެ! ރަމަޟާން މަހުން ބާކީ އޮތް މަދު ދުވަސްކޮޅުގެ ރޯދަ ވެސް ފުރިހަމަ ގޮތުގައި ހިފަން މަސައްކަތްކުރާށެވެ!
ޝައިޚް އަނީލްގެ ދަރުސް: