3 ޤައުމެއްގަ ވިހި ގަޑިއިރު ރޯދަ ހިފަންޖެހޭ! ރޯދަ ރޯދައަކަށްވަނީ ނުކައި ނުބޮއި ހުންނަ ގަޑީގެ ޢަދަދަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
3 ޤައުމެއްގަ ވިހި ގަޑިއިރު ރޯދަ ހިފަންޖެހޭ! ރޯދަ ރޯދައަކަށްވަނީ ނުކައި ނުބޮއި ހުންނަ ގަޑީގެ ޢަދަދަކުން ނޫން!

ހިފާ ރޯދަ ރޯދައަކަށް ވަނީ މިހުރީ ރޯދައަށް ކަމަށް ބަލައި ޖިންސީ އެދުންތައް ދޫކޮށް، ނުކައި ނުބޮއި ހުންނަ ގަޑީގެ ޢަދަދަކުން ނޫނެވެ. އެގޮތަށް ހުންނަ ހުރުން ނުވަތަ ހިފާ ރޯދަ، ރޯދައަކަށްވަނީ ރޯދައަށް ހުރެ ތިބާ ކުރާ ޢަމަލުތަކުންނެވެ!

މިއަހަރަށް ބަލައިފިނަމަ ގްރީންލޭންޑް، ފިންލޭންޑް އަދި ނޯވޭގައި 20 ގަޑިއިރު ރޯދަ ހިފަންޖެހެއެވެ. ޖަރުމަންވިލާތާއި ސްވިޑްންގައި 19 ގަޑިއިރު ރޯދަ ހިފަން ޖެހެއެވެ. އިނގިރޭސިވިލާތުގައި 18.5 ގަޑިއިރު ރޯދަހިފަން ޖެހެއެވެ.

އެމީހުން ރޯދަ ހިފަން އުފުލަން ޖެހޭނެ ތަކްލީފް ނިކަން ވިސްނައިލަބަލާށެވެ! އެހައި ގިނަ ވަގުތު ތިމާ މިހުރީ ރޯދައަށް ކަމަށް ބަލައި ޖިންސީ އެދުންތައް ދޫކޮށް، ނުކައި ނުބޮއި ހުރުމަކުން އަދި ﷲ ތަޢާލާ އަންގަވާފަދައިން ރޯދަ ހިފުނުކަމަށް ނުވެދާނެއެވެ.

ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ރޯދަ ހިފުނުކަމަށްވާނީ ރޯދައަށްހުރެ ކުރަން ޖެހޭ އަޅުކަން ކުރުމުންނެވެ. އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމުންނެވެ. ރޯދަ އިތުރަށް ފުރިހަމަވެގެންދާނީ ކީރިތި ޤުރްއާން ކިޔަވައި ސުންނަތް ނަމާދުތައްކޮށް އަދި ލިބޭ މިންވަރަކުން އެހެން މީހުންނަށް އެހީތެރިވެ މީސްތަކުންނާއިމެދު އޯގާތެރިވީ ވަރަކުންނެވެ.

ރޯދައަށް ހުންނައިރު އަތާއި ދޫ ރައްކަތެރިކުރަން ޖެހެއެވެ. މީހުންނަށް އަނިޔާވެރިވުމާއި ﷲ ތައާލާ ޙަރާން ކުރެއްވެވި އެންމެހައި އަމަލުތަކުން ދުރުހެލިވާން ޖެހެއެވެ! ދުލުން ނުބައި ބަސްތައް ބުނެގެން ނުވާނެއެވެ. ތިމާއަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީސްތަކުން ސަލާމަތްވެގެންވާ މީހަކަށްވާންޖެހެއެވެ!

ކިތަންމެ ގިނަ ވަގުތުތަކެއްގައި ނުކައި ނުބޮއެ ހުރިނަމަވެސް ހިފާރޯދަ ރޯދައަކަށް ވާނީ މިކަންކަން ފުރިހަމަކުރިވަރަކުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން