"ބަރަކާތްތެރި ރަމަޟާން މަހުން ބާކީއޮތް ދުވަސްކޮޅުގެ ދަރުމައާއި ޘަވާބުލިބިގަތުމަށް ގަދައަޅާ މަސައްކަތްކުރަމާ! ފަހަރެއްގައި ދެން މިފަދަ ފުރުސަތެއް ނުލިބިދާނެ!"
"އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ދީލަތިވަންތަވެވޮޑިގެން އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ!" -ޝައިޚް މުޙައްމަދު ލަޠީފް
"ފަހަރެއްގައި ދެން މިފަދަ ފުރުސަތެއް ނުލިބިދާނެ!" ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އަންނަ އަހަރުގެ ރޯދަ މަހާއި ބައްދަލުނުވެދާނެތީއެވެ! އެއިގެ ކުރިން ދުނިޔެ ދޫކުރަން ޖެހިދާނެތީއެވެ.
މިރެއަކީ ފަހު ދިހައިގެ އޮނަހިރި ރޭތަކަށް ބަލާއިރު 3 ވަނަ އޮނަހިރި ރެއެވެ. 25 ވިލޭރެއެވެ. ވީމާ ގިނަވެގެން ދެން މި ރަމަޟާން މަހުގައި އޮންނާނީ އެންމެ 5 ނުވަތަ 6 ދުވަހެވެ!