އަޅަކު މިނިވަންކުރުމުން ނަރަކައިން ސަލާމަތްކޮށްދެއްވަވާ! ވަރަށް ފަސޭހަކަމާއިއެކު 3 ލައްކަ އަޅުން މިނިވަންކުރަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަޅަކު މިނިވަންކުރުމުން ނަރަކައިން ސަލާމަތްކޮށްދެއްވަވާ! ވަރަށް ފަސޭހަކަމާއިއެކު 3 ލައްކަ އަޅުން މިނިވަންކުރަން ބޭނުންތަ؟

"މުސްލިމް އަޅަކު މިނިވަންކޮށްފި މީހާ، އެމީހެއްގެ އެންމެހައި ގުނަވަންތަކެއް ﷲ ތަޢާލާ ނަރަކައިން ސަލާމަތްކޮށްދެއްވަވާނެތެވެ!" ޙަދީޘް

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ލުއި މަގުން ގިނަ ސަވާބާއި ދަރުމަ ލިބޭނެ މަގުތައްވެސް އިސްލާމް ދީނުގައިވެއެވެ. ނިކަން ވިސްނައިލަ ބަލާށެވެ! 

لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير

ޙަދީޘްފުޅުގައި ވަނީ މިފަދައިން 100 ފަހަރު ކިޔައިފި މީހާ 10 އަޅުން މިނިވަންކުރި ފަދައެވެ. 

ވީމާ މިގޮތަށް ހިސާބު ޖައްސަވާށެވެ! މިސާލަކަށް ރަމަޟާންމަހުގެ ކޮންމެ ރެއަކު 100 ފަހަރު މި ޛިކުރު ކިޔަމުންދާ މީހާއަށް އޮންނާނީ ލައިލަތުލްޤަދްރިވިލޭރޭ ވެސް ކިޔެވިފައެވެ. އެހެން ކަމަށްވެއްޖެ ނަމަ އެ ލިބުނީ 1000 މައްސަރުގެ ކޮންމެ ދުވަހަކު ކިޔެވުމުގެ ޘަވާބެވެ! ތިމާއަށް ލިބިގެން އެދަނީ 300،000 (ތިން ލައްކަ) އަޅުން މިނިވަންކުރުމުގެ ސަވާބެވެ! 

އެންމެން ހިތުދަސް ޛިކުރެކެވެ. ކިޔައިލަން އެހައިމެ ފަސޭހަ ޛިކުރެކެވެ. 100 ފަހަރު ކިޔަވައިލަން ހޭދަކުރަން ޖެހޭނީ ގިނަވެގެން 10 ވަރަކަށް މިނިޓެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިތުރަށް ހީވާގިވެލައްވާށެވެ! ކަމަރުބާލުކޮށްލައްވާށެވެ! ދެމް މިއަހަރުގެ ރަމަޟާން މަހުން ލިބޭނީ އެންމެ 5 ރެއެވެ. އަދި އެ 5 ރެއިގެ ތެރޭގައި ލައިލަތުލްޤަދްރި ވިލޭރޭ ހިމެނުމަށްވެސް އުންމީދުކޮށްގެން މަސައްކަތްކުރާށެވެ!

މިއަދު އޮންލައިން