ރާއްޖޭގައި ކޮރޯނާގެ އަސަރު ފެނިފައިވަނީ މަދު ރަށެއްގައި ކަމަށްވާއި ކޮރޯނާގެ އެއްވެސް އަސަރެއް ނުފެންނަ ރަށްރަށުގެ މިސްކިތްތައް ބަންދުކޮށްފައި ބަހައްޓާތީ ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ކޮރޯނާ ވައިރަސްގެ އަސަރު އެއްވެސް ވަރަކަށް ފެނިފައި ނުވާ ކުދިކުދި ރަށްތަކުގައި ވެސް މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައިވެސް ވަނީ މިސްކިތްތަކުގައި ނަމާދުކުރުމުގެ ފުރުޞަތު ނުލިބިފައެވެ.
ބައެއް މީހުން ފާހަގަކުރާ އެއް ކަމަކީ ހޮޅުއަށިތަކުގަ އާއި ޖޯލިފަތިތަކުގަ ތިބޭ މީހުންގެ އަދަދު މިސްކިތަށް އަރާ މީހުންނަށްވުރެ މާގިނަ ރަށްރަށުގައިވެސް ހޮޅުއަށިތަކާ ޖޯލިފަތިތަކުގައި މާގިނަ މީހުންނަށް ތިބެވިފައި މާމަދު މީސްކޮޅަށް މިސްކިތަށް ނޭރޭތީއެވެ.
ޓެޑް ޓީމުން ބުނަމުން ގެންދަނީ ކޮންމެ ވަގުތަކު ކޮންމެރަށެއްގައިވެސް ކޮރޯނާ ފެތުރިދާނެ ކަމުގެ ބިރަށް ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.