ޔޫނުސްގެފާނު އިސްތިޣްފާރު ނުކުރެއްވެވި ނަމަ ޖެހިވިވަޑައިގަތީހީ ޤިޔާމަތާ ޖެހެންދެން މަހުގެ ބަނޑުގަ އޮންނަވާށެވެ!: ޝައިޚް ޢިއްޒުއްދީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޔޫނުސްގެފާނު އިސްތިޣްފާރު ނުކުރެއްވެވި ނަމަ ޖެހިވިވަޑައިގަތީހީ ޤިޔާމަތާ ޖެހެންދެން މަހުގެ ބަނޑުގަ އޮންނަވާށެވެ!: ޝައިޚް ޢިއްޒުއްދީން

ބޮޑުމަހުގެ ބަނޑުގައި އޮންނަވައިގެންވެސް ﷲ ތައާލާއަށް އިސްތިގްފާރު ނުކުރެއްވެވިނަމަ ޔޫނުސްގެފާނަށް ޖެހިވަޑައިގަތީހީ ޤިޔާމަތާއި ހަމައަށް މަހުގެ ބަނޑުގައި އޮންނަވަންކަމަށް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. 

އިސްތިޣްފާރުކުރާ މީހުންގެ ހިތާމަތަކާ މޮޅިވެރިކަން ފިއްލަވައި ދެއްވަވާނެކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އ

އަދި އެމީހަކަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ކަމުން ސަލާމަތްވެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. އަދި އޭނާއަށް ނުވެސް އެނގޭ  ގޮތުގައި ﷲ ތައާލާ ރިޒްޤް ދެއްވަވާނެތެވެ. 

ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ގިނަގިނައިން އިސްތިޣްފާރުކުރާށެވެ! ދުޢާ ކުރާށެވެ! ކުރިމަތިވެފައިވާ މުޞީބާތްތަކުން ﷲ ތަޢާލާ އަހަރެމެން ސަލާމަތްކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ  

- ޝައިޚް ޢިއްޒުއްދީން ޢަދްނާންގެ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

މިއަދު އޮންލައިން